ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ
މި މިނިސްޓްރީގެ ދަށުން ހިނގަމުންދާ ކ.މަނިޔަފުށްޓާއި މާލެއާ ދެމެދު ދަތުރުކޮށްދޭނެ ދޯންޏެއް ހިފުމަށް ބޭނުންވެގެން ކުރެވުނު އިޢުލާން ނަންބަރު (IUL)30-C/1/2016/04 އާ ގުޅިގެން އަންދާސީހިސާބު ހުޅަހެޅުމަށް ދެފަރާތުން ހާޒިރުވެފައިވާތީ މި އިޢުލާން ބާޠިލުކޮށް އަލުން މިކަމަށް ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ފެބުރުވަރީ 25 ވާ ބުރާސްފަތި ދުވަހުގެ 12:00 އަށް މިމިނިސްޓްރީ (ވެލާނާގެ 07 ވަނަ ފަންގިފިލާ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު، 2016 މާރިޗު 03 ވާ ބުދަ ދުވަހުގެ 11:00 އަށް އަންދާސީހިސާބު ހިއްޕަވައިގެން މި މިނިސްޓްރީއަށް ވަޑައިގެންދެއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރެއްވުމުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަދަންނަވަމެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3322242 ،339239،3339211 ނަމްބަރު ފޯނާ ގުޅުއްވުން އެދެމެވެ.
09 ޖުމާދަލްއޫލާ 1437