ކުއްޔަށް ހިފުން
ނަންބަރު: (IUL)30-C/1/2016/6
ޕަބްލިޝްކުރި ތާރީޚް: 17 ފެބުރުވަރީ 2016
ޕަބްލިޝްކުރި ގަޑި: 12:22
ސުންގަޑި: 25 ފެބުރުވަރީ 2016 12:00
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ކ.މަނިޔަފުށްޓާއި މާލެއާއި ދެމެދު ދަތުރުކޮށްދޭނެ ދޯންޏެއް ހިފުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ

މި މިނިސްޓްރީގެ ދަށުން ހިނގަމުންދާ ކ.މަނިޔަފުށްޓާއި މާލެއާ ދެމެދު ދަތުރުކޮށްދޭނެ ދޯންޏެއް ހިފުމަށް ބޭނުންވެގެން ކުރެވުނު އިޢުލާން ނަންބަރު  (IUL)30-C/1/2016/04 އާ ގުޅިގެން އަންދާސީހިސާބު ހުޅަހެޅުމަށް ދެފަރާތުން ހާޒިރުވެފައިވާތީ މި އިޢުލާން ބާޠިލުކޮށް އަލުން މިކަމަށް ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ފެބުރުވަރީ 25 ވާ ބުރާސްފަތި ދުވަހުގެ 12:00 އަށް މިމިނިސްޓްރީ (ވެލާނާގެ 07 ވަނަ ފަންގިފިލާ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު، 2016 މާރިޗު 03 ވާ ބުދަ ދުވަހުގެ 11:00 ‏އަށް އަންދާސީހިސާބު ހިއްޕަވައިގެން މި މިނިސްޓްރީއަށް ވަޑައިގެންދެއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ  ވާހަކަދަންނަވަމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3322242 ،339239،3339211 ނަމްބަރު ފޯނާ ގުޅުއްވުން އެދެމެވެ.

‏09 ޖުމާދަލްއޫލާ‏ 1437

17 ފެބުރުވަރީ 2016