ދިވެހިރާއްޖެ
ރ. ވެޓަރަންސް ކަޕް 2026 ކުރިއަށްދާއިރު ސްޓޯލް ކުއްޔަށް ދޫކުރުމާއިގުޅޭ
ރ. ވެޓަރަން މުބާރާތް ކުރިއަށްދާއިރު، ވިޔަފާރި އުޞޫލުން ކާބޯތަކެތި ވިއްކުމަށްޓަކައި ދަނޑު ސަރަޙައްދުން 10 ސްޓޯލް ކުއްޔަށް ދޫކުރުމަށްވަނީ ހަމަޖެހިފައެވެ.
- ސްޓޯލް ތަކުން ޙިދުމަތް ދެވޭނީ މުބާރާތުގެ މުއްދަތުގައި ހަވީރު 15:00 – ރޭގަނޑު 12:00 އަށެވެ.
- ސްޓޯލް ދޫކުރުމަށް ހަމަޖެހިފައިވަނީ ބިޑް އުޞޫލުން އެންމެ މަތީ އަގު ހުށައަޅާ 10 ފަރާތަށެވެ.
* އެގޮތުން މިއަހަރު ސްޓޯލް ދޫކުރުމަށް ހަމަޖެހިފައިވަނީ އެންމެ މަތިން އަގު ހުށައަޅާ ފަރާތަށް 1 ނަމްބަރ ސްޓޯލް (ބޮޑުމަގާ އެންމެ ކައިރި)، މިތަރުތީބުން ނެގޭ 10 ފަރާތަށް.
* ދެފަރާތަކުން ހުށައަޅާފައިވާ އަގު އެއްވަރުނަމަ އިސްވެ ދެންނެވުނު ތަރުތީބުން ޖެހިގެން އޮންނަ ދެ ސްޓޯލް ގުރުލައިގެން ދިމާވާ ތަރުތީބުންނެވެ.
- ސްޓޯލް ކުއްޔަށް ނެގުމަށް ހުށަހެޅޭނެ އެންމެ ކުޑަ އަގަކީ 1000.00 ރުފިޔާއެވެ.
- ސްޓޯލްތަކަށް ކައުންސިލުން ކަރަންޓް ފޯރުކޮށްދޭނެއެވެ. ނަމަވެސް ސްޓޯލްތައް ކުއްޔަށް ނަގާ ފަރާތުން ކަރަންޓަށް ފައިސާ ދައްކަން ޖެހޭނެއެވެ. (ކަރަންޓަށް ނެގޭނެ އަގުތައް 2 ފަރާތް މަޝްވަރާ ކުރުމަށްފަހު ފަހުން އެންގޭނެއެވެ.)
- މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2026 ސެޕްޓެންބަރު02 އިން 2026 ސެޕްޓެންބަރު 10އަށް ބަންދު ނޫން ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް ނަންނޯޓް ކުރެއްވުން އެދެމެވެ.
ވީމާ، މުއްދަތުގައި ބިޑްހުށައެޅުމަށް ރެޖިސްޓްރީ ކޮށްފައިވާ ފަރާތްތަކުން، އިއުލާނާއިއެކު އެއްކަރުދާސް ކުރެވިފައިވާ އަގުހުށަހަޅާ ފޯމް ފުރިހަމަ ކުރުމަށްފަހު، 2026 ސެޕްޓެމްބަރު 15 ވާ އަންގާރަ ދުވަހުގެ 11:00 އަށް މި ކައުންސިލަށް ހާޟިރުވެ ފޯމް ހުށައެޅުއްވުމަށް ދަންނަވަމެވެ.
