ބީލަން
ނަންބަރު: (IUL)306/306/2026/58
ޕަބްލިޝްކުރި ތާރީޚް: 01 ސެޕްޓެންބަރު 2026
ޕަބްލިޝްކުރި ގަޑި: 14:57
ސުންގަޑި: 15 ސެޕްޓެންބަރު 2026 11:00
މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ. ވެޓަރަންސް ކަޕް 2026 ކުރިއަށްދާއިރު ސްޓޯލް ކުއްޔަށް ދޫކުރުމާއިގުޅޭ

ރ. ވެޓަރަންސް ކަޕް 2026 ކުރިއަށްދާއިރު ސްޓޯލް ކުއްޔަށް ދޫކުރުމާއިގުޅޭ

ރ. ވެޓަރަން މުބާރާތް ކުރިއަށްދާއިރު، ވިޔަފާރި އުޞޫލުން ކާބޯތަކެތި ވިއްކުމަށްޓަކައި ދަނޑު ސަރަޙައްދުން 10 ސްޓޯލް ކުއްޔަށް ދޫކުރުމަށްވަނީ ހަމަޖެހިފައެވެ.

-         ސްޓޯލް ތަކުން ޙިދުމަތް ދެވޭނީ މުބާރާތުގެ މުއްދަތުގައި ހަވީރު 15:00 – ރޭގަނޑު 12:00 އަށެވެ.   

-         ސްޓޯލް ދޫކުރުމަށް ހަމަޖެހިފައިވަނީ ބިޑް އުޞޫލުން އެންމެ މަތީ އަގު ހުށައަޅާ 10 ފަރާތަށެވެ.

* އެގޮތުން މިއަހަރު ސްޓޯލް ދޫކުރުމަށް ހަމަޖެހިފައިވަނީ އެންމެ މަތިން އަގު ހުށައަޅާ ފަރާތަށް 1 ނަމްބަރ ސްޓޯލް (ބޮޑުމަގާ އެންމެ ކައިރި)، މިތަރުތީބުން ނެގޭ 10 ފަރާތަށް.

* ދެފަރާތަކުން ހުށައަޅާފައިވާ އަގު އެއްވަރުނަމަ އިސްވެ ދެންނެވުނު ތަރުތީބުން ޖެހިގެން އޮންނަ ދެ ސްޓޯލް ގުރުލައިގެން ދިމާވާ ތަރުތީބުންނެވެ.

-         ސްޓޯލް ކުއްޔަށް ނެގުމަށް ހުށަހެޅޭނެ އެންމެ ކުޑަ އަގަކީ 1000.00 ރުފިޔާއެވެ.

-         ސްޓޯލްތަކަށް ކައުންސިލުން ކަރަންޓް ފޯރުކޮށްދޭނެއެވެ. ނަމަވެސް ސްޓޯލްތައް ކުއްޔަށް ނަގާ ފަރާތުން ކަރަންޓަށް ފައިސާ ދައްކަން ޖެހޭނެއެވެ. (ކަރަންޓަށް ނެގޭނެ އަގުތައް 2 ފަރާތް މަޝްވަރާ ކުރުމަށްފަހު ފަހުން އެންގޭނެއެވެ.)

-         މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2026 ސެޕްޓެންބަރު02 އިން 2026 ސެޕްޓެންބަރު 10އަށް ބަންދު ނޫން ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް ނަންނޯޓް ކުރެއްވުން އެދެމެވެ.

ވީމާ، މުއްދަތުގައި ބިޑްހުށައެޅުމަށް ރެޖިސްޓްރީ ކޮށްފައިވާ ފަރާތްތަކުން، އިއުލާނާއިއެކު އެއްކަރުދާސް ކުރެވިފައިވާ އަގުހުށަހަޅާ ފޯމް ފުރިހަމަ ކުރުމަށްފަހު، 2026 ސެޕްޓެމްބަރު 15 ވާ އަންގާރަ ދުވަހުގެ 11:00 އަށް މި ކައުންސިލަށް ހާޟިރުވެ ފޯމް ހުށައެޅުއްވުމަށް ދަންނަވަމެވެ.

01 ސެޕްޓެންބަރު 2026