ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މަޤާމް: އެސިސްޓެންޓް ލައިބްރޭރިއަން
ބޭނުންވާ އަދަދު: 1 (އެކެއް)
މަޤާމުގެ ގިންތި: ދާއިމީ
މަޤާމުގެ ރޭންކް: ޖީ. އެސް. 4
މަޤާމުގެ ކްލެސިފިކޭޝަން: އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2
މުސާރަ: -/5020 ރުފިޔާ
ސަރވިސް އެލަވަންސް: -/1500 ރުފިޔާ
ވަޒީފާ އޮތް އޮފީސް: ފޯކައިދޫ ސުކޫލް
ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: އެކަޑަމިކް
ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
- ލައިބްރަރީ ހުޅުވައި ބަންދުކުރުމަށް ހަމަޖެހިފައިވާ އުސޫލުން އެކަން ކުރުން.
- ލައިބްރަރީއަށް ހޯދާ ދިވެހިބަހާއި އިނގިރޭސިބަހުގެ ފޮތްތަކާއި ނޫސްމަޖައްލާ ފަދަ ތަކެތި ލައިބްރަރީ އިންވެންޓްރީއަށް ނަގައި ބެލެހެއްޓުން.
- ލައިބްރަރީ ފޮތްތައް ހަރުގަނޑުތަކުގައި އިންތިޒާމު ނުގެއްލޭނޭހެން އަދި ހަލާކު ނުވާނޭހެން ތަރުތީބުކުރުމުގެ މަސައްކަތް ދުވަހުން ދުވަހަށް ކުރުން.
- ލައިބްރަރީއަށް އަމާޒުކޮށްގެން ދަރިވަރުންގެ އެކިއެކި ޕްރޮގްރާމްތަކާއި ކްލާސްތައް ރާވައި ހިންގުމުގައި ސުޕަވައިޒަރުންނަށާއި މުދައްރިސުންނަށް އެހީތެރިކަންދިނުން.
- ދަރިވަރުންނަށާއި މުދައްރިސުންނަށް ލައިބްރަރީ ފޮތްތައް ދޫކުރުމަށް ހަމަޖެހިފައިވާ އުސޫލުން ފޮތް ދޫކުރުމާއި ބަލައިގަތުމުގެ ކަންތައްތައް ކުރުން.
- ލައިބްރަރީގައި ދަރިވަރުން ތިބޭ ވަގުތުތަކުގައި ފޮތް ހޯދައިދިނުމަށް އެހީތެރިވުމާއި، ފޮތްކިޔައި ނިމުމުން ފޮތްހަރުގަނޑުގައި ފޮތްތައް ތަރުތީބުކުރުން.
- ލައިބްރަރީގެ އާންމު ގަވާއިދުތައް ތަންފީޒުކުރުން.
- ލައިބްރަރީގައި ބަހައްޓަންޖެހޭ ޑިސްޕްލޭތައް، އިދާރާގެ މަޝްވަރާގެމަތިން ތައްޔާރުކޮށް ބެހެއްޓުން.
- ލައިބްރަރީއާ ގުޅުންހުރި ބައްދަލުވުންތަކުގައި ބައިވެރިވުން.
- ލައިބްރަރީގައި ހިންގޭ ޕްރޮގްރާމްތަކާއި ގަޑިތަކުގައި މައްސަލައެއް ދިމާވެއްޖެނަމަ، ލިޑީންގ ޓީޗަރ ނުވަތަ ޕްރިންސިޕަލާ މަޝްވަރާކޮށްގެން އެކަމެއް ޙައްލުކުރުން.
- އަނބުރާ ދައްކާގޮތަށް ގެންދާ ފޮތްތައް މުއްދަތު ހަމަވުމުން ނުގެނެސްފިނަމަ، އެފަރާތަކާ ވާހަކަދައްކައިގެން ފޮތް ގެނައުމާއި، އެކަމަށް ހަމަޖެހިފައިވާ އުސޫލު ތަންފީޒުކުރުން.
- ތަޢުލީމީ އަހަރު ނިމި ސްކޫލު ބަންދުވުމުގެ ކުރިން އަހަރުގެތެރޭގައި އެކި ފަރާތްތަކަށް ދޫކުރެވިފައިވާ ލައިބްރަރީ ފޮތްތައް ހޯދައި ހަމަކުރުން.
- ލައިބްރޭރިއަންގެ މަސައްކަތް ހަރުދަނާކޮށް ރަނގަޅުކުރުމަށް ސްކޫލުގެ ފަރާތުން އިންތިޒާމުކުރާ ތަމްރީނުތަކުގައި ބައިވެރިވުން.
- ލައިބްރޭރިއަންގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ އިތުރުން، ވަޒީފާއާ ގުޅިގެން ކުރަންޖެހޭ ކޮންމެ ކަމެއް ކުރުމުގައިވެސް، ސްކޫލުގެ އިސްވެރިޔާއާ މަޝްވަރާކޮށް، ޚިޔާލު ބަދަލުކޮށް، ވަޒީފާގެ މަސައްކަތް ތަރައްޤީކުރުން.
- ވަޒީފާއާއި ވަޒީފާ އަދާކުރާ ދާއިރާއާ ގުޅިގެން ސްކޫލް އޮފީހުން އަންގާ ކަންކަމުގައި ސްކޫލަށް އެއްބާރުލުން ދިނުން.
- ދިވެހިރާއްޖޭގެ ވަޒީފާއާބެހޭ ޤާނޫނާއި، ސިވިލް ސަރވިސްގެ ޤާނޫނުގެ ހަމަތަކާއި އިންތަކުގެ ތެރޭގައި ވަޒީފާގެ ކަންތައްތައް ބައްޓަންކޮށް، އެ ޤާނޫނުތަކުގެ އަލީގައި ސުކޫލުން އަންގާ އެންގުންތަކަށް ބޯލެނބުން.
- އިސްވެދިޔަ ކަންތައްތަކުގެ އިތުރުން، ޚާއްޞަގޮތެއްގައި ހަވާލުކުރެވޭ، ޢާންމުކޮށް ދިމާނުވާ ބޮޑެތި މަސައްކަތްތަކާއި، ކުއްލިގޮތެއްގައި ހަވާލުކުރެވޭ އަވަސް ކަންތައްތަކުގައި، ވެރިން އަންގާގޮތެއްގެމަތިން ފަރުވާތެރިކަމާއި އިޚުލާޞްތެރިކަމާއެކު އެއްބާރުލުން ދިނުން.
- ނިންމަންޖެހޭ މަސައްކަތްތައް ނިންމުމުގައި ސްކޫލުގެ އިސްވެރިޔާގެ އިރުޝާދު ހޯދުމާއި، ހަވާލުކުރެވޭ މަސައްކަތް ލަސްނުކޮށް ނިންމުމަށް މަސައްކަތްކުރުން.
މަޤާމުގެ ޝަރުޠު:
1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛
2. މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ހަޔަރ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނެއްގައި 'ދިވެހި' މި ދާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ؛
3. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި، އޭގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:
- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނު.
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ.
- ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.
އިންޓަވިއު ކުރުން:
ހ. މި މަޤާމަށް މީހަކު ހޮވުމަށް އިންޓަވިއުކުރުން އޮންނާނީ، 2016 ފެބުރުވަރީ 24 ވާ ބުދަ ދުވަހުގެ 10:00 ގައި ފޯކައިދޫ ސްކޫލުގައެވެ.
ށ. އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް:
ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، މި ސްކޫލުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv) އިން މި ފޯމު ޑައުންލޯޑް ވެސް ކުރެވޭނެއެވެ.)
ށ- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)
ރ- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
ބ- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.
ޅ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:
- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، ފޯކައިދޫ ސުކޫލުގެ އިދާރާއަށެވެ.
- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 ފެބުރުވަރީ 23 ވާ އަންގާރަ ދުވަހެވެ.
ނޯޓް:
- މި އިޢުލާނާ ގުޅިގެން މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.
- މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، ފޯކައިދޫ ސުކޫލުގެ 6540542 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.
2 ޖުމާދަލްއޫލާ 1437