ވަޒީފާގެ ފުރުޞަތު
ނަންބަރު: GS-107/2016/07
ޕަބްލިޝްކުރި ތާރީޚް: 11 ފެބުރުވަރީ 2016
ޕަބްލިޝްކުރި ގަޑި: 18:06
ސުންގަޑި: 23 ފެބުރުވަރީ 2016 14:00
ފޯކައިދޫ ސްކޫލް
ދިވެހިރާއްޖެ
އެސިސްޓެންޓް ލައިބްރޭރިއަން

   އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް: އެސިސްޓެންޓް ލައިބްރޭރިއަން 

ބޭނުންވާ އަދަދު: 1 (އެކެއް)

މަޤާމުގެ ގިންތި: ދާއިމީ 

މަޤާމުގެ ރޭންކް: ޖީ. އެސް. 4

މަޤާމުގެ ކްލެސިފިކޭޝަން: އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2 

މުސާރަ: -/5020 ރުފިޔާ

ސަރވިސް އެލަވަންސް: -/1500 ރުފިޔާ

ވަޒީފާ އޮތް އޮފީސް: ފޯކައިދޫ ސުކޫލް

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: އެކަޑަމިކް

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. ލައިބްރަރީ ހުޅުވައި ބަންދުކުރުމަށް ހަމަޖެހިފައިވާ އުސޫލުން އެކަން ކުރުން.
  2. ލައިބްރަރީއަށް ހޯދާ ދިވެހިބަހާއި އިނގިރޭސިބަހުގެ ފޮތްތަކާއި ނޫސްމަޖައްލާ ފަދަ ތަކެތި ލައިބްރަރީ އިންވެންޓްރީއަށް ނަގައި ބެލެހެއްޓުން.
  3. ލައިބްރަރީ ފޮތްތައް ހަރުގަނޑުތަކުގައި އިންތިޒާމު ނުގެއްލޭނޭހެން އަދި ހަލާކު ނުވާނޭހެން ތަރުތީބުކުރުމުގެ މަސައްކަތް ދުވަހުން ދުވަހަށް ކުރުން.
  4. ލައިބްރަރީއަށް އަމާޒުކޮށްގެން ދަރިވަރުންގެ އެކިއެކި ޕްރޮގްރާމްތަކާއި ކްލާސްތައް ރާވައި ހިންގުމުގައި ސުޕަވައިޒަރުންނަށާއި މުދައްރިސުންނަށް އެހީތެރިކަންދިނުން.
  5. ދަރިވަރުންނަށާއި މުދައްރިސުންނަށް ލައިބްރަރީ ފޮތްތައް ދޫކުރުމަށް ހަމަޖެހިފައިވާ އުސޫލުން ފޮތް ދޫކުރުމާއި ބަލައިގަތުމުގެ ކަންތައްތައް ކުރުން.
  6. ލައިބްރަރީގައި ދަރިވަރުން ތިބޭ ވަގުތުތަކުގައި ފޮތް ހޯދައިދިނުމަށް އެހީތެރިވުމާއި، ފޮތްކިޔައި ނިމުމުން ފޮތްހަރުގަނޑުގައި ފޮތްތައް ތަރުތީބުކުރުން.
  7. ލައިބްރަރީގެ އާންމު ގަވާއިދުތައް ތަންފީޒުކުރުން.
  8. ލައިބްރަރީގައި ބަހައްޓަންޖެހޭ ޑިސްޕްލޭތައް، އިދާރާގެ މަޝްވަރާގެމަތިން ތައްޔާރުކޮށް ބެހެއްޓުން.
  9. ލައިބްރަރީއާ ގުޅުންހުރި ބައްދަލުވުންތަކުގައި ބައިވެރިވުން.
  10. ލައިބްރަރީގައި ހިންގޭ ޕްރޮގްރާމްތަކާއި ގަޑިތަކުގައި މައްސަލައެއް ދިމާވެއްޖެނަމަ، ލިޑީންގ ޓީޗަރ ނުވަތަ ޕްރިންސިޕަލާ މަޝްވަރާކޮށްގެން އެކަމެއް ޙައްލުކުރުން.
  11. އަނބުރާ ދައްކާގޮތަށް ގެންދާ ފޮތްތައް މުއްދަތު ހަމަވުމުން ނުގެނެސްފިނަމަ، އެފަރާތަކާ ވާހަކަދައްކައިގެން ފޮތް ގެނައުމާއި، އެކަމަށް ހަމަޖެހިފައިވާ އުސޫލު ތަންފީޒުކުރުން.
  12. ތަޢުލީމީ އަހަރު ނިމި ސްކޫލު ބަންދުވުމުގެ ކުރިން އަހަރުގެތެރޭގައި އެކި ފަރާތްތަކަށް ދޫކުރެވިފައިވާ ލައިބްރަރީ ފޮތްތައް ހޯދައި ހަމަކުރުން.
  13. ލައިބްރޭރިއަންގެ މަސައްކަތް ހަރުދަނާކޮށް ރަނގަޅުކުރުމަށް ސްކޫލުގެ ފަރާތުން އިންތިޒާމުކުރާ ތަމްރީނުތަކުގައި ބައިވެރިވުން.
  14. ލައިބްރޭރިއަންގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ އިތުރުން، ވަޒީފާއާ ގުޅިގެން ކުރަންޖެހޭ ކޮންމެ ކަމެއް ކުރުމުގައިވެސް، ސްކޫލުގެ އިސްވެރިޔާއާ މަޝްވަރާކޮށް، ޚިޔާލު ބަދަލުކޮށް، ވަޒީފާގެ މަސައްކަތް ތަރައްޤީކުރުން.
  15. ވަޒީފާއާއި ވަޒީފާ އަދާކުރާ ދާއިރާއާ ގުޅިގެން ސްކޫލް އޮފީހުން އަންގާ ކަންކަމުގައި ސްކޫލަށް އެއްބާރުލުން ދިނުން.
  16. ދިވެހިރާއްޖޭގެ ވަޒީފާއާބެހޭ ޤާނޫނާއި، ސިވިލް ސަރވިސްގެ ޤާނޫނުގެ ހަމަތަކާއި އިންތަކުގެ ތެރޭގައި ވަޒީފާގެ ކަންތައްތައް ބައްޓަންކޮށް، އެ ޤާނޫނުތަކުގެ އަލީގައި ސުކޫލުން އަންގާ އެންގުންތަކަށް ބޯލެނބުން.
  17. އިސްވެދިޔަ ކަންތައްތަކުގެ އިތުރުން، ޚާއްޞަގޮތެއްގައި ހަވާލުކުރެވޭ، ޢާންމުކޮށް ދިމާނުވާ ބޮޑެތި މަސައްކަތްތަކާއި، ކުއްލިގޮތެއްގައި ހަވާލުކުރެވޭ އަވަސް ކަންތައްތަކުގައި، ވެރިން އަންގާގޮތެއްގެމަތިން ފަރުވާތެރިކަމާއި އިޚުލާޞްތެރިކަމާއެކު އެއްބާރުލުން ދިނުން.
  18. ނިންމަންޖެހޭ މަސައްކަތްތައް ނިންމުމުގައި ސްކޫލުގެ އިސްވެރިޔާގެ އިރުޝާދު ހޯދުމާއި، ހަވާލުކުރެވޭ މަސައްކަތް ލަސްނުކޮށް ނިންމުމަށް މަސައްކަތްކުރުން.

މަޤާމުގެ ޝަރުޠު:                                                                                                

1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

2. މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ހަޔަރ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނެއްގައި 'ދިވެހި' މި ދާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ؛

3. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި، އޭގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނު.

 

- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ.

- ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.   

އިންޓަވިއު ކުރުން:

ހ. މި މަޤާމަށް މީހަކު ހޮވުމަށް އިންޓަވިއުކުރުން އޮންނާނީ، 2016 ފެބުރުވަރީ 24 ވާ ބުދަ ދުވަހުގެ 10:00 ގައި ފޯކައިދޫ ސްކޫލުގައެވެ.

ށ. އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، މި ސްކޫލުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv) އިން މި ފޯމު ޑައުންލޯޑް ވެސް ކުރެވޭނެއެވެ.)

ށ- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) 

ރ- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ބ- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.

ޅ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، ފޯކައިދޫ ސުކޫލުގެ އިދާރާއަށެވެ.

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 ފެބުރުވަރީ 23 ވާ އަންގާރަ ދުވަހެވެ.

ނޯޓް:  

- މި އިޢުލާނާ ގުޅިގެން މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

- މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، ފޯކައިދޫ ސުކޫލުގެ 6540542 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. 

2 ޖުމާދަލްއޫލާ 1437

11 ފެބުރުވަރީ 2016