ދިވެހިރާއްޖެ
އިޢުލާން
އިނގިރޭސިބަހުން ދިވެހިބަހަށް ތަރުޖަމާކުރާނެ ފަރާތެއް ހޯދުމާބެހޭ
ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު އިޞްލާޙުކުރުމުގެ ބިލު އިނގިރޭސިބަހުން ދިވެހިބަހަށް ތަރުޖަމާކުރާނެ ފަރާތެއް ހޯދުމަށް ކުރި، މި މިނިސްޓްރީގެ ނަންބަރު IUL)101-BR/1/2016/15)ފ(7 ފެބުރުވަރީ 2016) އިޢުލާނުގައި ބައެއް މަޢުލޫމާތު ފުރިހަމަނުވުމާގުޅިގެން އެ އިޢުލާނު ކެންސަލްކޮށް އަލުން އިޢުލާނުކުރަމެވެ. މި މަސައްކަތުގެ ޓަރމްސް އޮފް ރިފަރެންސް މި އިޢުލާނާއެކު އެޓޭޗްކޮށްފައިވާނެއެވެ.
މިމަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ބިޑް ހުށަހަޅުއްވާއިރު ތިރީގައިވާ ޑޮކިއުމަންޓްސްތައް ހުށަހަޅުއްވަންވާނެއެވެ.
- ބިޑް ހުށަހަޅާ ފޯމު (ފޯމު ނެތްނަމަ، ބިޑު ބަލައެއް ނުގަނެވޭނެއެވެ.)
- ބިޑް ޕްރޮޕޯޒަލް
- ޓީމުގައި ހިމެނޭ ފަރާތްތަކުގެ ސީ.ވީ އަދި ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
- މީގެ ކުރިން ކޮށްފައިވާ މިފަދަ މަސައްކަތްތައް ކާމިޔާބުކަމާއެކު ފުރިހަމަކޮށްފައިވާކަން އަންގައި، ކްލަޔަންޓުންގެ ލިޔުންތައް (ލިޔުންތަކުގައި، ކޮށްފައިވާ މަސައްކަތުގެ ތަފުސީލާއި ތާރީޚުތައް އެނގެން ހުންނަންވާނެއެވެ.)
މާކްސް ދެވޭނެ %
- ހުށަހަޅާ އަގު - %30
- ތައުލީމީ ފެންވަރު - %20
- ލިބިފައިވާ ތަޖުރިބާ - %50
އިތުރު މަޢުލޫމާތު
- މިމަސައްކަތް ހަވާލުކުރާ ފަރާތާއެކު އެގްރިމެންޓް ކުރެވޭ ތާރީޚުން ފެށިގެން 20 މަސައްކަތު ދުވަހުގެ ތެރޭގައި ތަރުޖަމާގެ ފައިނަލް ޑްރާފްޓް މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.
- ކުންފުންޏާބެހޭ ޤާނޫނޫ އިޞްލާޙުކުރުމުގެ ބިލުގައި ހިމެނޭނީ ޖުމްލަ 80 ޞަފްޙާއެވެ.
ބިޑް ހުށަހަޅުއްވާނެގޮތް
- މިކަމަށް އެދިލައްވާ ފަރާތްތަކުން 17 ފެބުރުވަރީ 2016 ވަނަ ދުވަހުގެ 11:00 އަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް (ބޮޑުތަކުރުފާނުމަގު) އަށް ވަޑައިގެން ބިޑް ހުށަހެޅުއްވުން އެދެމެވެ. މި ވަގުތުގެ ކުރިން އަދި ފަހުން ހުށަހަޅާ ބިޑުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
- ބިޑްތައް ހުށަހަޅުއްވާއިރު، "Proposal for Translation to Dhivehi Language - Companies Act of Maldives" ބަންދުކޮށްފައިވާ ސިޓީއުރައިގެ ބޭރުގައި ޖަހާފައި އޮންނަންވާނެއެވެ. ސިޓީއުރަ އެޑްރެސްކޮށްފައި އޮންނަންވާނީ ތިރީގައިވާ އެޑްރެހަށެވެ.
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ބޮޑުތަކުރުފާނުމަގު
މާލެ، 095-20
ޓަރމްސް އޮފް ރިފަރެންސާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ 3333188 އަށް ގުޅުއްވުން ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. ބިޑް އެޕްލިކޭޝަން ފޯމު މި މިނިސްޓްރީގެ ވެބްސައިޓުން ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުމުން ލިބިވަޑައިގަންނަވާނެއެވެ.
06 ޖުމާދަލްއޫލާ 1437