މަސައްކަތް
ނަންބަރު: (IUL)101-BR/1/2016/18
ޕަބްލިޝްކުރި ތާރީޚް: 14 ފެބުރުވަރީ 2016
ޕަބްލިޝްކުރި ގަޑި: 15:23
ސުންގަޑި: 17 ފެބުރުވަރީ 2016 11:00
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު އިޞްލާޙުކުރުމުގެ ބިލު އިނގިރޭސިބަހުން ދިވެހިބަހަށް ތަރުޖަމާކުރާނެ ފަރާތެއް ހޯދުމަށް

އިޢުލާން

އިނގިރޭސިބަހުން ދިވެހިބަހަށް ތަރުޖަމާކުރާނެ ފަރާތެއް ހޯދުމާބެހޭ

ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު އިޞްލާޙުކުރުމުގެ ބިލު އިނގިރޭސިބަހުން ދިވެހިބަހަށް ތަރުޖަމާކުރާނެ ފަރާތެއް ހޯދުމަށް ކުރި، މި މިނިސްޓްރީގެ ނަންބަރު IUL)101-BR/1/2016/15)ފ(7 ފެބުރުވަރީ 2016) އިޢުލާނުގައި ބައެއް މަޢުލޫމާތު ފުރިހަމަނުވުމާގުޅިގެން އެ އިޢުލާނު ކެންސަލްކޮށް އަލުން އިޢުލާނުކުރަމެވެ. މި މަސައްކަތުގެ ޓަރމްސް އޮފް ރިފަރެންސް މި އިޢުލާނާއެކު އެޓޭޗްކޮށްފައިވާނެއެވެ.

މިމަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ބިޑް ހުށަހަޅުއްވާއިރު ތިރީގައިވާ ޑޮކިއުމަންޓްސްތައް ހުށަހަޅުއްވަންވާނެއެވެ.

  • ބިޑް ހުށަހަޅާ ފޯމު (ފޯމު ނެތްނަމަ، ބިޑު ބަލައެއް ނުގަނެވޭނެއެވެ.)
  • ބިޑް ޕްރޮޕޯޒަލް
  • ޓީމުގައި ހިމެނޭ ފަރާތްތަކުގެ ސީ.ވީ އަދި ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ                     
  • މީގެ ކުރިން ކޮށްފައިވާ މިފަދަ މަސައްކަތްތައް ކާމިޔާބުކަމާއެކު ފުރިހަމަކޮށްފައިވާކަން އަންގައި، ކްލަޔަންޓުންގެ ލިޔުންތައް (ލިޔުންތަކުގައި، ކޮށްފައިވާ މަސައްކަތުގެ ތަފުސީލާއި ތާރީޚުތައް އެނގެން ހުންނަންވާނެއެވެ.)

މާކްސް ދެވޭނެ %

  • ހުށަހަޅާ އަގު          - %30
  • ތައުލީމީ ފެންވަރު        - %20            
  • ލިބިފައިވާ ތަޖުރިބާ       - %50

އިތުރު މަޢުލޫމާތު

  • މިމަސައްކަތް ހަވާލުކުރާ ފަރާތާއެކު އެގްރިމެންޓް ކުރެވޭ ތާރީޚުން ފެށިގެން 20 މަސައްކަތު ދުވަހުގެ ތެރޭގައި ތަރުޖަމާގެ ފައިނަލް ޑްރާފްޓް މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.
  • ކުންފުންޏާބެހޭ ޤާނޫނޫ އިޞްލާޙުކުރުމުގެ ބިލުގައި ހިމެނޭނީ ޖުމްލަ 80 ޞަފްޙާއެވެ.

ބިޑް ހުށަހަޅުއްވާނެގޮތް

  • މިކަމަށް އެދިލައްވާ ފަރާތްތަކުން 17 ފެބުރުވަރީ 2016 ވަނަ ދުވަހުގެ 11:00 އަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް (ބޮޑުތަކުރުފާނުމަގު) އަށް ވަޑައިގެން ބިޑް ހުށަހެޅުއްވުން އެދެމެވެ. މި ވަގުތުގެ ކުރިން އަދި ފަހުން ހުށަހަޅާ ބިޑުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
  • ބިޑްތައް ހުށަހަޅުއްވާއިރު، "Proposal for Translation to Dhivehi Language - Companies Act of Maldives" ބަންދުކޮށްފައިވާ ސިޓީއުރައިގެ ބޭރުގައި ޖަހާފައި އޮންނަންވާނެއެވެ. ސިޓީއުރަ އެޑްރެސްކޮށްފައި އޮންނަންވާނީ ތިރީގައިވާ އެޑްރެހަށެވެ.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް

ބޮޑުތަކުރުފާނުމަގު

މާލެ، 095-20

ޓަރމްސް އޮފް ރިފަރެންސާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ 3333188 އަށް ގުޅުއްވުން ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. ބިޑް އެޕްލިކޭޝަން ފޯމު މި މިނިސްޓްރީގެ ވެބްސައިޓުން ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

‏06‏ ޖުމާދަލްއޫލާ‏ 1437

14 ފެބުރުވަރީ 2016