ދިވެހިރާއްޖެ
ބ. ދަރަވަންދޫ ކައުންސިލް އިދާރާގެ އޭސީތައް ސާރވިސްކޮށް ދިނުމުގެ މަސައްކަތް
މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާގައި ހަރުކޮށްފައި ހުރި އޭސީތައް ސާރވިސްކޮށްދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެދި އިޢުލާނުކުރަމެވެ.
ކުރަން ޖެހޭ މަސައްކަތް:
- މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާގައި ހަރުކޮށްފައި ހުރި 6 އޭސީ ސާރވިސްކޮށްދިނުން (އޭސީތައް ސާވިސް ކުރަންވާނީ އޭސީގެ އިންޑޯ އަދި އައުޓްޑޯ ޔުނިޓްތައް ނެއްޓުމަށްފަހު ރަނގަޅަށް ސާފުކޮށްގެންނެވެ.)
- އޭސީ ތަކުގައި ގޭސް މަދުވެފައިވާނަމަ ގޭސް އަޅާ ދިނުން
- އޭސީތަކުގެ ސްޕެއަރ ޕާރޓްއަކަށް މައްސަލައެއް ދިމާވެފައިވާނަމަ ސްޕެއަރ ޕާރޓް ފޯރުކޮށްދިނުމުން ރަނގަޅުކޮށްދިނުން
ވީމާ، މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މި މަސައްކަތް ކޮށްދެއްވާނެ އަގު އަދި މުއްދަތު ބަޔާންކޮށް 2026 ސެޕްޓެމްބަރ 3 ވަނަ ދުވަހުގެ 13:00 އަށް ކޯޓޭޝަން ހިއްޕަވައިގެން މި އިދާރާއަށް ވަޑައިގެން ދެއްވުން އެދެމެވެ.
ކޯޓޭޝަން އާއި އެކު ތިރީގައިވާ ލިޔެކިޔުންތައް ހުށައަޅަންވާނެއެވެ.
- ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ ނުވަތަ ކުންފުނީގެ ރަޖިސްޓްރީ ކޮޕީ
- އަމިއްލަ ފަރުދެއްނަމަ، ވިޔަފާރި ރަޖިސްޓްރީގެ އިތުރުން އައިޑީކާޑުގެ ސާފު ކޮޕީއެއް.
ކޯޓޭޝަން ހުށައެޅުއްވޭނީ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރު 2014/19) ދަށުން ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށާއި ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 2014/18) ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި އިދާރާގެ ނަންބަރު 6602514 ފޯނާއި ގުޅުއްވުން އެދެމެވެ.
