މަސައްކަތް
ނަންބަރު: (IUL)318-PRO/318/2026/47
ޕަބްލިޝްކުރި ތާރީޚް: 30 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 14:02
ސުންގަޑި: 02 ސެޕްޓެންބަރު 2026 13:00
މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބ. ދަރަވަންދޫ ކައުންސިލް އިދާރާގެ އޭސީތައް ސާރވިސްކޮށް ދިނުމުގެ މަސައްކަތް

ބ. ދަރަވަންދޫ ކައުންސިލް އިދާރާގެ އޭސީތައް ސާރވިސްކޮށް ދިނުމުގެ މަސައްކަތް

 މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާގައި ހަރުކޮށްފައި ހުރި އޭސީތައް ސާރވިސްކޮށްދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެދި އިޢުލާނުކުރަމެވެ.

ކުރަން ޖެހޭ މަސައްކަތް:

-         މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާގައި ހަރުކޮށްފައި ހުރި 6 އޭސީ ސާރވިސްކޮށްދިނުން (އޭސީތައް ސާވިސް ކުރަންވާނީ އޭސީގެ އިންޑޯ އަދި އައުޓްޑޯ ޔުނިޓްތައް ނެއްޓުމަށްފަހު ރަނގަޅަށް ސާފުކޮށްގެންނެވެ.)

-         އޭސީ ތަކުގައި ގޭސް މަދުވެފައިވާނަމަ ގޭސް އަޅާ ދިނުން

-         އޭސީތަކުގެ ސްޕެއަރ ޕާރޓްއަކަށް މައްސަލައެއް ދިމާވެފައިވާނަމަ ސްޕެއަރ ޕާރޓް ފޯރުކޮށްދިނުމުން ރަނގަޅުކޮށްދިނުން

ވީމާ، މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މި މަސައްކަތް ކޮށްދެއްވާނެ އަގު އަދި މުއްދަތު ބަޔާންކޮށް 2026 ސެޕްޓެމްބަރ 3 ވަނަ ދުވަހުގެ 13:00 އަށް ކޯޓޭޝަން ހިއްޕަވައިގެން މި އިދާރާއަށް ވަޑައިގެން ދެއްވުން އެދެމެވެ.

ކޯޓޭޝަން އާއި އެކު ތިރީގައިވާ ލިޔެކިޔުންތައް ހުށައަޅަންވާނެއެވެ.

-         ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ ނުވަތަ ކުންފުނީގެ ރަޖިސްޓްރީ ކޮޕީ

-          އަމިއްލަ ފަރުދެއްނަމަ، ވިޔަފާރި ރަޖިސްޓްރީގެ އިތުރުން އައިޑީކާޑުގެ ސާފު ކޮޕީއެއް.

ކޯޓޭޝަން ހުށައެޅުއްވޭނީ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރު 2014/19) ދަށުން ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށާއި ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 2014/18) ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. 

 

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި އިދާރާގެ ނަންބަރު 6602514 ފޯނާއި ގުޅުއްވުން އެދެމެވެ.

30 އޮގަސްޓް 2026