މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ނީލަން ކިޔުން:
މިކުންފުނީގެ ކޮންސްޓްރަކްޝަން އެންޑް ޑްރެޖިންގ ޑިވިޜަން (ލެގޫނާ 19) ސައިޓުގައިވާ (ގާތްގަނޑަކަށް) 100 ޓަނުގެ ބާދަގަނޑު ޚާއްޞަ ނީލަމުގައި ވިއްކާލުމަށް ވަނީ ނިންމާފައެވެ.
ނީލަން ކިޔުން:
- މިނީލަމުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2 ސެޕްޓެމްބަރ 2026 ވާ ބުދަ ދުވަހު ހެނދުނު 10:00 ފެށިގެން 7 ސެޕްޓެމްބަރ 2026 ވާ ހޯމަ ދުވަހު މެންދުރުފަހު 13:00 ގެ ނިޔަލަށް، މިދަންނަވާ އީމެއިލް އެޑްރެސް ([email protected]) މެދުވެރިކޮށް ނަންނޯޓް ކުރެއްވުންއެދެމެވެ.
- މިތަކެތި ބެއްލެވުމަށް ބޭނުންވެ ވަޑައިގަންނަވާ ފަރާތްތަކުން 7 ސެޕްޓެމްބަރ 2026 ވާ ހޯމަ ދުވަހު މެންދުރުފަހު 14:00 އިން 16:00 އަށް އެމްޓީސީސީ ލެގޫނާ 19 ސައިޓަށް ވަޑައިގަތުމުން ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތި ބެއްލެވޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމުގައި ދަންނަވަމެވެ.
- ނީލަން ކިއުން އޮންނާނީ 9 ސެޕްޓެމްބަރ 2026 ވާ ބުދަ ދުވަހު ހެނދުނު 10:00 ގައި އެމްޓީސީސީ ޓްރޭޑިންގ ޑިވިޜަން، (ހެންވޭރު ސޯމިލް، ބޮޑުތަކުރުފާނު މަގު) ގައެވެ.
- މި ނީލަމުގައި ބައިވެރިވެވަޑައިގަތުމަށް އެދޭ ފަރާތްތަކުން ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި 10,000/-ރ ( ދިހަހާސް ރުފިޔާ) އެމްޓީސީސީގެ ބެންކް އެކައުންޓް ނަންބަރ 001-100668-7717 އަށް 8 ސެޕްޓެމްބަރ 2026 ވާ އަންގާރަ ދުވަހު މެންދުރު 13:00 އާއި 15:00 ދެމެދު ޖަމާކުރަން ވާނެއެވެ. 15:00 ގެ ފަހުން ފޮނުވޭ އެއްވެސް ފައިސާ އެއް ބަލައި ނުގަނެވޭނެ ކަމުގައިވެސް ދަންނަވަމެވެ.
- ނީލަން ކިޔާނީ ހާޟިރީންގެ ކުރިމަތީގައި އަނގަބަހުންނެވެ. އަދި ނީލަން އިތުރުކުރުމަށް ހުށަހަޅާނީވެސް ހާޟިރީންނަށް އަޑުއިވޭވަރަށް އަނގަބަހުން ނެވެ.
- ނީލަން ފެށޭނީ ޓަނަކަށް -/1080ރ. (އެއްހާސް އައްޑިހަ ރުފިޔާ) ގެ ރޭޓުންނެވެ.
- ނީލަމަށް އިތުރުކުރެވޭނީ ފަހަރަކު -/5000ރ. ( ފަސްހާސް ރުފިޔާ) އަށް ވުރެ ކުޑަނޫން އަދަދެކެވެ.
- ނީލަންނިމޭތާ 24 ގަޑި އިރުތެރޭގައި ނީލަން ކާމިޔާބުކުރެއްވި ފަރާތުން ފައިސާ ދައްކަވާ ޚަލާސް ކުރަން ޖެހޭނެއެވެ.
- ނީލަންނިމޭތާ 5 ދުވަހުގެ ތެރޭގައި ބާދަގަނޑުތައް ގެންގޮސް ނިންމަންވާނެއެވެ.
- ނީލަން ކުރިޔަށްދާނީ 100 ޓަނު ހަމަވަންދެންނެވެ.
- މި ނީލަމާގުޅޭ ގޮތުން އިތުރުމަޢުލޫމާތު ހޯދުމަށް 1650 އަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
30 އޮގަސްޓް 2026
ހޯދާ
