ނީލަން
ނަންބަރު: MTCC-TD/IU/2026/0492
ޕަބްލިޝްކުރި ތާރީޚް: 30 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 12:19
ސުންގަޑި: 09 ސެޕްޓެންބަރު 2026 22:00
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
ނީލަން ކިޔުން:

 މިކުންފުނީގެ ކޮންސްޓްރަކްޝަން އެންޑް ޑްރެޖިންގ ޑިވިޜަން (ލެގޫނާ 19) ސައިޓުގައިވާ (ގާތްގަނޑަކަށް) 100 ޓަނުގެ ބާދަގަނޑު ޚާއްޞަ ނީލަމުގައި ވިއްކާލުމަށް ވަނީ ނިންމާފައެވެ. 

 

ނީލަން ކިޔުން:

  1. މިނީލަމުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2 ސެޕްޓެމްބަރ 2026 ވާ ބުދަ ދުވަހު ހެނދުނު 10:00 ފެށިގެން 7 ސެޕްޓެމްބަރ 2026 ވާ ހޯމަ ދުވަހު މެންދުރުފަހު 13:00 ގެ ނިޔަލަށް، މިދަންނަވާ އީމެއިލް އެޑްރެސް ([email protected]) މެދުވެރިކޮށް ނަންނޯޓް ކުރެއްވުންއެދެމެވެ.
  2. މިތަކެތި ބެއްލެވުމަށް ބޭނުންވެ ވަޑައިގަންނަވާ ފަރާތްތަކުން 7 ސެޕްޓެމްބަރ 2026 ވާ ހޯމަ ދުވަހު މެންދުރުފަހު 14:00 އިން 16:00 އަށް އެމްޓީސީސީ ލެގޫނާ 19 ސައިޓަށް ވަޑައިގަތުމުން ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތި ބެއްލެވޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމުގައި ދަންނަވަމެވެ.
  3. ނީލަން ކިއުން އޮންނާނީ 9 ސެޕްޓެމްބަރ 2026 ވާ ބުދަ ދުވަހު ހެނދުނު 10:00 ގައި އެމްޓީސީސީ ޓްރޭޑިންގ ޑިވިޜަން، (ހެންވޭރު ސޯމިލް، ބޮޑުތަކުރުފާނު މަގު) ގައެވެ.
  4. މި ނީލަމުގައި ބައިވެރިވެވަޑައިގަތުމަށް އެދޭ ފަރާތްތަކުން ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި 10,000/-ރ ( ދިހަހާސް ރުފިޔާ) އެމްޓީސީސީގެ ބެންކް އެކައުންޓް ނަންބަރ 001-100668-7717 އަށް 8 ސެޕްޓެމްބަރ 2026 ވާ އަންގާރަ ދުވަހު މެންދުރު 13:00 އާއި 15:00 ދެމެދު ޖަމާކުރަން ވާނެއެވެ. 15:00 ގެ ފަހުން ފޮނުވޭ އެއްވެސް ފައިސާ އެއް ބަލައި ނުގަނެވޭނެ ކަމުގައިވެސް ދަންނަވަމެވެ.
  5. ނީލަން ކިޔާނީ ހާޟިރީންގެ ކުރިމަތީގައި އަނގަބަހުންނެވެ. އަދި ނީލަން އިތުރުކުރުމަށް ހުށަހަޅާނީވެސް ހާޟިރީންނަށް އަޑުއިވޭވަރަށް އަނގަބަހުން ނެވެ.
  6. ނީލަން ފެށޭނީ ޓަނަކަށް -/1080ރ. (އެއްހާސް އައްޑިހަ ރުފިޔާ) ގެ ރޭޓުންނެވެ.
  7. ނީލަމަށް އިތުރުކުރެވޭނީ ފަހަރަކު -/5000ރ. ( ފަސްހާސް ރުފިޔާ) އަށް ވުރެ ކުޑަނޫން އަދަދެކެވެ.
  8. ނީލަންނިމޭތާ 24 ގަޑި އިރުތެރޭގައި ނީލަން ކާމިޔާބުކުރެއްވި ފަރާތުން ފައިސާ ދައްކަވާ ޚަލާސް ކުރަން ޖެހޭނެއެވެ.   
  9. ނީލަންނިމޭތާ 5 ދުވަހުގެ ތެރޭގައި ބާދަގަނޑުތައް ގެންގޮސް ނިންމަންވާނެއެވެ.
  10. ނީލަން ކުރިޔަށްދާނީ 100 ޓަނު ހަމަވަންދެންނެވެ.
  11. މި ނީލަމާގުޅޭ ގޮތުން އިތުރުމަޢުލޫމާތު ހޯދުމަށް 1650 އަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
30 އޮގަސްޓް 2026