ދިވެހިރާއްޖެ
އިޢުލާން
ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓާއި މާލެއަތޮޅު ކައުންސިލާ ގުޅިގެން މިއަތޮޅުގައި ސެޓުފިކެޓު 3 އިން އޮފީސް އެޑްމިނިސްޓްރޭޝަން ކޯހެއް ރަށު ކައުންސިލްތަކަށާއި އަތޮޅުކައުންސިލަށް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. ޖާގައޮތް ވަރަކުން މިކޯހުގައި ބައިވެރިވުމުގެ ފުރުޞަތު އަމިއްލަ ފަރާތްތަކަށްވެސް ވަނީ ހުޅުވާލެވިފައެވެ.
ކޯހާގުޅޭ މަޢުލޫމާތު
ކޯހުގެ ނަން |
ސެޓުފިކެޓު 3 އިން އޮފީސް އެޑްމިނިސްޓްރޭޝަން |
މުއްދަތު |
މަދުވެގެން 15 ހަފުތާ |
ކިޔެވުން ފެށޭ ތާރީޚު |
01 އެޕްރީލް 2016 ވާ ހުކުރުދުވަހުގެރޭ |
ކިޔެވުން އޮންނަ ދުވަސްތައް |
ކަނޑައެޅޭ ހަފުތާތަކެއްގެ ބުރާސްފަތި، ހުކުރު އަދި ހޮނިހިރު |
ބައިވެރިވުމުގެ ޝަރުޠު |
|
ކޯސް ބާއްވާ ތަން |
މާލެއަތޮޅު ކައުންސިލް އިދާރާ |
އެޕްލިކޭޝަން ފޯމު ލިބެން ހުންނާނީ |
މާލެއަތޮޅު ކައުންސިލް އިދާރާ |
ހުށަހަޅަންވީ ތާރީޚު (ސުންގަޑި) |
01 މާރިޗު 2016 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން މާލެއަތޮޅު ކައުންސިލް އިދާރާއަށް |
ހުށަހަޅަންޖެހޭ ތަކެތި |
ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު އައިޑެންޓިޓީ ކާޑުގެ ފޮޓޯކޮޕީ އެކްރެޑިޓް ކޮށްފައިވާ ސަނަދުތަކުގެ ކޮޕީ މަސައްކަތުގެ ތަޖުރިބާ ހުރިކަން އަންގައިދޭ ލިޔުން ކޯހުގައި ބައިވެރިވުމާމެދު އިއުތިރާޒު ނުކުރާކަމަށް، ވަޒީފާއަދާކުރާ އިދާރާއިން ދޭ ލިޔުން |
ކޯހުގެ ފީ |
އަމިއްލަގޮތުން ބައިވެރިވާ ފަރާތްތަކަށް ބައިވެރިވެވޭނީ މަހަކު -/1000 ރުފިޔާ (އެއްހާސްރުފިޔާ) ގެ ފީއެއް ދެއްކުމަށް ފަހުގައެވެ. (މި ފީ ދައްކަވާނީ ކޯހަށް ހޮވުނުކަން އެންގުމުންނެވެ. މިފައިސާ އެއްފަހަރާ ނުވަތަ ދެފަހަރެއްގެ މަތިން ދެއްކިދާނެ) |
ކޯހުގެ ބައިވެރިން ހޮވުން |
ކޯހުގެ ބައިވެރިވުމަށްއެދި އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ކޯހުގައި ބައިވެރިކުރާ ފަރާތްތައް ހޮވާނީ ސިވިލް ސަރވިސް ޓްރޭނިންގ އިނިންސްޓިޓިއުޓުންނެވެ. |
ވީމާ، މިކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލެވިފައިވާ ވާހަކަ ދެންނެވީމެވެ.
01 ޖުމާދަލްއޫލާ 1437