ތަމްރީނު
ނަންބަރު: (IUL)232-AG/232/2016/7
ޕަބްލިޝްކުރި ތާރީޚް: 10 ފެބުރުވަރީ 2016
ޕަބްލިޝްކުރި ގަޑި: 12:09
ސުންގަޑި: 01 މާރިޗު 2016 14:00
މާލެއަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސެޓުފިކެޓު 3 އިން އޮފީސް އެޑްމިނިސްޓްރޭޝަން ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން

އިޢުލާން

ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓާއި މާލެއަތޮޅު ކައުންސިލާ ގުޅިގެން މިއަތޮޅުގައި ސެޓުފިކެޓު 3 އިން އޮފީސް އެޑްމިނިސްޓްރޭޝަން ކޯހެއް ރަށު ކައުންސިލްތަކަށާއި އަތޮޅުކައުންސިލަށް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. ޖާގައޮތް ވަރަކުން މިކޯހުގައި ބައިވެރިވުމުގެ ފުރުޞަތު އަމިއްލަ ފަރާތްތަކަށްވެސް ވަނީ ހުޅުވާލެވިފައެވެ.

ކޯހާގުޅޭ މަޢުލޫމާތު

ކޯހުގެ ނަން

ސެޓުފިކެޓު 3 އިން އޮފީސް އެޑްމިނިސްޓްރޭޝަން

މުއްދަތު

މަދުވެގެން 15 ހަފުތާ    

ކިޔެވުން ފެށޭ ތާރީޚު

01 އެޕްރީލް 2016 ވާ ހުކުރުދުވަހުގެރޭ

ކިޔެވުން އޮންނަ ދުވަސްތައް

ކަނޑައެޅޭ ހަފުތާތަކެއްގެ ބުރާސްފަތި، ހުކުރު އަދި ހޮނިހިރު

 

ބައިވެރިވުމުގެ ޝަރުޠު

  • ސާނަވީ ތަޢުލީމު ފުރިހަމަ ކޮށްފައިވުމާއި ޢުމުރުން 18 އަހަރު ފުރިފައިވުން. ނުވަތަ
  • ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 2 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
  • ގުޅުންހުރި ދާއިރާއެއްގައި 1 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން

ކޯސް ބާއްވާ ތަން

މާލެއަތޮޅު ކައުންސިލް އިދާރާ

އެޕްލިކޭޝަން ފޯމު ލިބެން ހުންނާނީ

މާލެއަތޮޅު ކައުންސިލް އިދާރާ

ހުށަހަޅަންވީ ތާރީޚު (ސުންގަޑި)

01 މާރިޗު 2016 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން މާލެއަތޮޅު ކައުންސިލް އިދާރާއަށް

ހުށަހަޅަންޖެހޭ ތަކެތި

ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު

އައިޑެންޓިޓީ ކާޑުގެ ފޮޓޯކޮޕީ

އެކްރެޑިޓް ކޮށްފައިވާ ސަނަދުތަކުގެ ކޮޕީ

މަސައްކަތުގެ ތަޖުރިބާ ހުރިކަން އަންގައިދޭ ލިޔުން

ކޯހުގައި ބައިވެރިވުމާމެދު އިއުތިރާޒު ނުކުރާކަމަށް، ވަޒީފާއަދާކުރާ އިދާރާއިން ދޭ ލިޔުން

ކޯހުގެ ފީ

އަމިއްލަގޮތުން ބައިވެރިވާ ފަރާތްތަކަށް ބައިވެރިވެވޭނީ މަހަކު -/1000 ރުފިޔާ (އެއްހާސްރުފިޔާ) ގެ ފީއެއް ދެއްކުމަށް ފަހުގައެވެ. (މި ފީ ދައްކަވާނީ ކޯހަށް ހޮވުނުކަން އެންގުމުންނެވެ. މިފައިސާ އެއްފަހަރާ ނުވަތަ ދެފަހަރެއްގެ މަތިން ދެއްކިދާނެ)

ކޯހުގެ ބައިވެރިން ހޮވުން

ކޯހުގެ ބައިވެރިވުމަށްއެދި އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ކޯހުގައި ބައިވެރިކުރާ ފަރާތްތައް ހޮވާނީ ސިވިލް ސަރވިސް ޓްރޭނިންގ އިނިންސްޓިޓިއުޓުންނެވެ.

ވީމާ، މިކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލެވިފައިވާ ވާހަކަ ދެންނެވީމެވެ.

01 ޖުމާދަލްއޫލާ 1437

10 ފެބުރުވަރީ 2016