އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތަރައްޤީ ޕްލޭން އާއި ގުޅިގެން ކޮމިޓީއެއް އެކުލަވާލުން

އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ކައުންސިލްގެ ކުރިއަށް އޮތް 5 އަހަރަށް (2027-2031) ތަރައްޤި ޕްލޭން އެކުލަވާލުމަށްޓަކައި، ތަރައްޤި ޕްލޭން މަސައްކަތް ކުރިއަށް ގެންދިއުމުގައި ކައުންސިލަށް ލަފާދީ، ވިލަރެސް ކުރާނެ ޕްލޭނިންގ ކޮމިޓީއެއް އެކުލަވާލަން ބޭނުންވެއެވެ. އެހެންކަމުން، މި ކޮމިޓީގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ ފަރާތްތަކުން ތިރީގައިވާ ޝަރުތުތައް ހަމަވާގޮތަށް މި އިދާރާގައި ނަން ނޯޓްކުރެއްވުން އެދެމެވެ.

  1. ރަށުގެ ޒުވާނުން (އަންހެން). (ބޭނުންވާ އަދަދު1)
  2. ރަށުގެ ޒުވާނުން (ފިރިހެން). (ބޭނުންވާ އަދަދު 1)
  3. ވިޔަފާރިވެރިން. (ބޭނުންވާ އަދަދު 1)
  4. ހޮޓާ އަދި ރެސްޓޯރަންޓް ހިންގާ ބޭފުޅުން . (ބޭނުންވާ އަދަދު 1)
  5. ލޯކަލް ޓުއަރިޒަމް ވިޔަފާރި ކުރައްވާ ބޭފުޅުން. (ބޭނުންވާ އަދަދު 1)
  6. އޮޑި ދޯނި ފަހަރު ގެންގުޅޭ ބޭފުޅުން. (ބޭނުންވާ އަދަދު 1)

ވީމާ، މި ކޮމިޓީގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ ފަރާތްތަކުން 03 ސެޕްޓެމްބަރ 2026 ވާ ބުރާސްފަތި ދުވަހުގެ 10:00 ގެ ކުރިން ނަން ނޯޓް ކުރެއްވުމަށް ދަންނަވަމެވެ. ނަން ނޯޓް ކުރެއްވުމަށް 7968434 އަށް މެސެޖް ކުރެއްވުމަށް ދަންނަވަމެވެ.

26 އޮގަސްޓް 2026
ހޯދާ