ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)355-ESMS/355/2026/36
ޕަބްލިޝްކުރި ތާރީޚް: 26 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 12:53
ސުންގަޑި:
03 ސެޕްޓެންބަރު 2026 10:00
އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ތަރައްޤީ ޕްލޭން އާއި ގުޅިގެން ކޮމިޓީއެއް އެކުލަވާލުން
އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ކައުންސިލްގެ ކުރިއަށް އޮތް 5 އަހަރަށް (2027-2031) ތަރައްޤި ޕްލޭން އެކުލަވާލުމަށްޓަކައި، ތަރައްޤި ޕްލޭން މަސައްކަތް ކުރިއަށް ގެންދިއުމުގައި ކައުންސިލަށް ލަފާދީ، ވިލަރެސް ކުރާނެ ޕްލޭނިންގ ކޮމިޓީއެއް އެކުލަވާލަން ބޭނުންވެއެވެ. އެހެންކަމުން، މި ކޮމިޓީގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ ފަރާތްތަކުން ތިރީގައިވާ ޝަރުތުތައް ހަމަވާގޮތަށް މި އިދާރާގައި ނަން ނޯޓްކުރެއްވުން އެދެމެވެ.
- ރަށުގެ ޒުވާނުން (އަންހެން). (ބޭނުންވާ އަދަދު1)
- ރަށުގެ ޒުވާނުން (ފިރިހެން). (ބޭނުންވާ އަދަދު 1)
- ވިޔަފާރިވެރިން. (ބޭނުންވާ އަދަދު 1)
- ހޮޓާ އަދި ރެސްޓޯރަންޓް ހިންގާ ބޭފުޅުން . (ބޭނުންވާ އަދަދު 1)
- ލޯކަލް ޓުއަރިޒަމް ވިޔަފާރި ކުރައްވާ ބޭފުޅުން. (ބޭނުންވާ އަދަދު 1)
- އޮޑި ދޯނި ފަހަރު ގެންގުޅޭ ބޭފުޅުން. (ބޭނުންވާ އަދަދު 1)
ވީމާ، މި ކޮމިޓީގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ ފަރާތްތަކުން 03 ސެޕްޓެމްބަރ 2026 ވާ ބުރާސްފަތި ދުވަހުގެ 10:00 ގެ ކުރިން ނަން ނޯޓް ކުރެއްވުމަށް ދަންނަވަމެވެ. ނަން ނޯޓް ކުރެއްވުމަށް 7968434 އަށް މެސެޖް ކުރެއްވުމަށް ދަންނަވަމެވެ.
26 އޮގަސްޓް 2026