މުލަކަތޮޅު މުލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރުމަށް އެގްޒަމިނަރަކު ހޯދުން:
އިޢުލާން
ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރުމަށް އެގްޒަމިނަރަކު ހޯދުން:
ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރުމުގެ ޚިދުމަތް ރަށު ކައުންސިލްތައް މެދުވެރިކޮށް ދިނުމުގެ ފުރުސަތު، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑުން ހުޅުވާލައްވާފައިވާތީ، މި ކައުންސިލުން ދޭ ދުއްވުމުގެ އިމްތިޙާނުތައް ކުރިއަށްގެންދިއުމަށްޓަކައި އެގްޒަމިނަރަކު ބޭނުން ވެއެވެ.
ޝަރުތުތައް:
- ނިޔަމިކަމުގެ ސެޓްފިކެޓް އޮތުމާއެކު ގިނަ ކެޓަގަރީތަކުގެ ލައިސަންސް އޮތް ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
- ކަނޑުގެ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ނެގިފަހުން، 1 (އެކެއް) އަހަރު ދުވަހު އުޅަނދުފަހަރު ދުއްވުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށް ވާންވާނެއެވެ.
ހުށަހަޅަންޖެހޭ ލިޔުކިޔުންތައް:
- ކަނޑުގެ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ކާޑުގެ ކޮޕީ
- ނިޔަމިކަމުގެ ސަނަދުގެ ކޮޕީ
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑްގެ ކޮޕީ
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 27 އޮގަސްޓް 2026 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން، މަތީގައި ބާޔާންކޮށްފައިވާ ލިޔެކިޔުންތައް މިއިދާރާއަށް ވަޑައިގެން ނުވަތަ މިއިދާރާގެ އީމެއިލް އެޑްރެސް ([email protected]) މެދުވެރިކޮށް ހުށަހެޅުއްވުން އެދެމެވެ.
23 އޮގަސްޓް 2026
ހޯދާ
