ޢާންމު މަޢުލޫމާތު
ނަންބަރު: : (IUL)365-MIM/365/2026/73
ޕަބްލިޝްކުރި ތާރީޚް: 23 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 19:58
ސުންގަޑި: 27 އޮގަސްޓް 2026 13:00
މުލަކަތޮޅު މުލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރުމަށް އެގްޒަމިނަރަކު ހޯދުން:

އިޢުލާން

 

ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރުމަށް އެގްޒަމިނަރަކު ހޯދުން:

 ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރުމުގެ ޚިދުމަތް  ރަށު ކައުންސިލްތައް މެދުވެރިކޮށް ދިނުމުގެ ފުރުސަތު، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑުން ހުޅުވާލައްވާފައިވާތީ، މި ކައުންސިލުން ދޭ ދުއްވުމުގެ އިމްތިޙާނުތައް ކުރިއަށްގެންދިއުމަށްޓަކައި އެގްޒަމިނަރަކު ބޭނުން ވެއެވެ.

ޝަރުތުތައް:

  1. ނިޔަމިކަމުގެ ސެޓްފިކެޓް އޮތުމާއެކު ގިނަ ކެޓަގަރީތަކުގެ ލައިސަންސް އޮތް ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  2. ކަނޑުގެ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ނެގިފަހުން، 1 (އެކެއް) އަހަރު ދުވަހު އުޅަނދުފަހަރު ދުއްވުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށް ވާންވާނެއެވެ.

ހުށަހަޅަންޖެހޭ ލިޔުކިޔުންތައް:

  1. ކަނޑުގެ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ކާޑުގެ ކޮޕީ
  2. ނިޔަމިކަމުގެ ސަނަދުގެ ކޮޕީ
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑްގެ ކޮޕީ

  ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 27 އޮގަސްޓް 2026 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން، މަތީގައި ބާޔާންކޮށްފައިވާ ލިޔެކިޔުންތައް މިއިދާރާއަށް ވަޑައިގެން ނުވަތަ މިއިދާރާގެ އީމެއިލް އެޑްރެސް  ([email protected]) މެދުވެރިކޮށް ހުށަހެޅުއްވުން އެދެމެވެ.  

23 އޮގަސްޓް 2026