މަގޫދޫ ސްކޫލް/ ފ. މަގޫދޫ
ދިވެހިރާއްޖެ
ފިޒިކަލް އެޑިޔުކޭޝަން ޓީޗަރ (ރިލީފް)

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމު:                  ފިޒިކަލް އެޑިޔުކޭޝަން ޓީޗަރ (ރިލީފް)

ބޭނުންވާ އަދަދު:             01

ވަޒީފާ އޮތް އޮފީސް:           ފ.މަގޫދޫ ސްކޫލް

ގިންތި:                   ވަގުތީ

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން:   އެކަޑަމިކް ސެކްޝަން / ފ.މަގޫދޫ ސްކޫލް

ޝަރުޠު

މަޤާމު

ރޭންކު

ކްލެސިފިކޭޝަން

ޝަރުޠު

މަޤާމުގެ އަސާސީ މުސާރަ

ސަރވިސް އެލަވަންސް

ޕީ.އީ ޓީޗަރ (ރިލީފް)

 

 

- ސާނަވީ ތަޢުލީމު ހާސިލުކޮށްފައިވާނަމަ

-/4500

-/1500

- މަތީ ސާނަވީ ތަޢުލީމު ހާސިލުކޮށްފައި ވާނަމަ

-/5500

-/1500

- ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވާނަމަ

-/6090

-/2500

އިތުރުގަޑީގެ ފައިސާ

އިތުރުގަޑީގައި މަސައްކަތް ކުރަންޖެހޭނަމަ، ހަމަޖެހިފައިވާ އުސޫލުގެ މަތިން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް

- މުޤައްރަރުގައިވާ މިންވަރަށް ދަރިވަރުންނަށް ތަކެތި ދަސްކޮށްދީ އޮޅުންފިލުވައިދިނުން

- ލެސަންޕްލޭން ތައްޔާރުކުރުން

- ސްކީމް ތައްޔާރުކުރުން

- ސްކޫލް ޓީޗަރެއްގެ ހައިސިއްޔަތުން ދަރިވަރުންގެ ކުރިއެރުމަށް ހިންގޭ އެންމެހާ ޙަރަކާތްތަކުގައި ޢަމަލީގޮތުން ބައިވެރިވުން

- ސްކޫލް ދަރިވަރުންނަށް ކަސްރަތު ޕްރޮގްރާމްތައް ރާވައި ހިންގުން.

މަޤާމުގެ މަސްއޫލިއްޔަތު

1- ހަވާލުކުރެވިފައިވާ ޓައިމްޓޭބަލާ އެއްގޮތަށް ފަރުވާތެރިކަމާއެކު ކިޔަވަވައިދިނުން

2- ކިޔަވައިދެއްވުމަށް ހަމަޖެހިފައިވާ ކުދިންނަށް އެއަހަރަކަށް ކަނޑައެޅިފައިވާ މުޤައްރަރާ އެއްގޮތަށް، ކުދިންނަށް އެތަކެތި އުނގަންނައިދީ އެކުދިންނަށް ހާސިލުވާންޖެހޭ މިންވަރަށް އެންމެ ފުރިހަމައަށް ހާސިލުކޮށްދެއްވުމަށް މަސައްކަތްކުރުން

3- ސްކޫލުން ކަނޑައަޅާފައިވާ އުސޫލާއެއްގޮތަށް ކަނޑައަޅާފައިވާ ދުވަހަށް ލެސަންޕްލޭން (ކުރިއަށް އޮންނަ ހަފުތާއަށް) ތައްޔާރުކޮށް ސްޕަވައިޒަރަށް ދެއްކެވުން.

4- ސްކޫލުން ކަނޑައަޅާފައިވާ އުސޫލާއެއްގޮތަށް ސްކީމް އޮފް ވާރކް ފުރިހަމަކޮށް ނިންމެވުން

5- މާއްދާތަކުގެ ކޯޑިނޭޝަން މީޓިންގތަކުގައާއި ޑިސްކަޝަން މީޓީންގތަކުގައި ފުރިހަމައަށް ބައިވެރިވުން

6- ސްކޫލުން ބާއްވާ ސްޓާފް މީޓިންގތަކާއި، ސެޝަންމީޓިންގ، ބެލެނިވެރިންގެ ބައްދަލުވުން އަދި މިނޫންވެސް މުދައްރިސުންގެ ހައިސިއްޔަތުން ބައިވެރިވެލެއްވުމަށް ސްކޫލުން އަންގަވާ ކޮންމެ ބައްދަލުވުމެއްގައި ފަރުވާތެރިކަމާއެކު ބައިވެރިވުން

7- ކުދިންގެ ފޮތްތަކާއި ކިޔަވައިދިނުމާގުޅޭ އެހެނިހެން މަސައްކަތްތައް ފަރުވާތެރިކަމާއެކު ދުވަހުން ދުވަހަށް ބައްލަވައި މާކުކުރެއްވުން

8- މުވައްޒަފުގެ އަމިއްލަ ކުރިއެރުމަށް ހިތްވަރާއެކު މަސައްކަތްކޮށް ސްކޫލުން ބޭނުންވާ ފެންވަރަށް މުވައްޒަފުގެ ފަންނީ އަދި ޢިލްމީ ޤާބިލުކަން ކުރިއެރުވުން

9- ސްކޫލުގެ ދަރިވަރުންގެ އަޚުލާޤާއި ސްލޫކު އަދި ކިޔެވުމުގެ ފެންވަރު ރަނގަޅުކުރެއްވުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރެއްވުން

10- ސްކޫލުން ހަވާލުކުރެވޭ މަސައްކަތްތަކަށް ފަރުވާތެރިވެ، ޒިންމާދާރުވެ، އަމިއްލައަށް އިސްނަގައިގެން ކުރެއްވުމަށް ޝައުޤުވެރިވެވަޑައިގަތުން

11- ކިޔަވައިދިނުމަށް ބޭނުންވާ އިތުރު އެހީތައް ބޭނުންވެއްޖެ ހިނދެއްގައި އުފައްދައިގެން ބޭނުންކުރުން

12- ކްލާހުގައި ހޭދަކުރައްވާ ގަޑިތަކުގައާއި ސްކޫލުގެ ތެރޭގައި ހޭދަކުރައްވާ ވަގުތުތަކުގައި އަދި ސްކޫލުން ބޭރުގައިވެސް އަޚުލާޤަށް ސަމާލުކަން ދެއްވުމާއި ކުދިން އެގޮތުގައި ތަރުބިއްޔަތު ކުރެއްވުމަށް މަސައްކަތްކުރެއްވުން.

13- ލީޑިންގ ޓީޗަރުން އަންގަވާ ގޮތެއްގެމަތިން އިމްތިޙާނުތައް ތައްޔާރުކުރެއްވުމާއި، އިމްތިޙާނުތައް ހިންގެވުމާއި އިމްތިޙާނު ކަރުދާސްތައް މާކް ކުރެއްވުމާއި އަދި އިމްތިޙާނުތަކާ ގުޅޭ އެންމެހާ ރިކޯޑުތައް ތައްޔާރުކޮށް ބެލެހެއްޓެވުން.

14- ކިޔަވައިދެއްވާ ސެޝަނުގެ ކްލާސްތަކުގައި ދަރިވަރުންގެ އުނގެނުމާއި އަޚްލާގާއި ގުޅޭގޮތުން ކުދިންނާއި ބެލެނިވެރިންނަށް އޮޅުންފިލުވައިދީ ނަސޭހަތްތެރިވުން.

15- މުވައްޒަފު ނިސްބަތްވާ ހައުސް /ކްލަބް / ޑިޕާޓްމަންޓްގެ ހަރަކާތްތައް ހިންގުމުގައި އެބޭފުޅެއްގެ ޤާބިލުކަން ހުރި އެންމެ މަތީދަރަޖައެއްގައި އެހީތެރިވެ ކާމިޔާބީއަށް މަސައްކަތްކުރުން.

16- ކިޔަވައިދެއްވާ ވަގުތުތަކުގައާއި ކިޔަވައިދިނުމާ ގުޅޭ ހަރަކާތްތައް ހިންގާ ވަގުތުތަކުގައި ކުދިންގެ ކަންކަމުގައި ޒިންމާވެ އެކުދިން އެކަނި ދޫކޮށްނުލެއްވުން.

17- ދަރިވަރުން ގެންގުޅޭ ޓެކްސްޓް ފޮތްތަކާއި އެހެނިހެން ތަކެތި ސާފުތާހިރުކޮށް އިސްރާފުކުޑަކޮށް ގެންގުޅެވޭނެގޮތް ދަސްކޮށްދީ އެކަމަށް ބާރުއެޅުއްވުން.

18- ދިވެހި ސަރުކާރުގެ ގަވާއިދުތަކާއި، ދިވެހި ސިވިލްސަރވިސްގެ ގަވާއިދުތަކާއި އަދި މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި ސްކޫލުގެ އެންމެހާ ގަވާއިދުތަކަށް ޙުރުމަތްތެރިކޮށް ހިއްތެވުން.

އިންޓަރވިއު އޮންނާނެ ތަނާއި ތާރީޚު:

އިންޓަރވިއު އޮންނާނީ 24 ފެބުރުވަރީ 2016 ވާ ބުދަ ދުވަހުގައި ފ. މަގޫދޫ ސްކޫލުގައެވެ.

އެހެނިހެން އިނާޔަތްތައް

- މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ސަރކިއުލަރ ނަންބަރު: PS/CIR/2016/13ފ-22 ގައިވާ ގޮތުގެ މަތިން ސަލާމް، ޢާއިލީ ޒިންމާ ފަދަ ޗުއްޓީތައް ހަމަޖައްސައިދެވޭނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

އިންޓަރވިއު ކުރުމަށްފަހު، މަޤާމަށް ހޮވޭނީ މެރިޓް އުސޫލުން އެންމެ މަތިން ޕޮއިންޓް ހޯދާ ފަރާތެކެވެ.

ސުންގަޑި

ޝަރުޠު ހަމަވާ ފަރާތްތަކުން 22 ފެބުރުވަރީ 2016 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައި ބަޔާން ކުރެވިފައިވާ ތަކެއްޗާއެކު މި ސްކޫލަށް ހުށަހެޅުއްވުން އެދެމެވެ.

ހުށަހަޅަންޖެހޭ ތަކެތި

- ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (އެޕްލިކޭޝަންފޯމު މަގޫދޫ ސްކޫލުންނާއި ސިވިލްސަރވިސްގެ ވެބްސައިޓް www.csc.gov.mv އިން ލިބެން ހުންނާނެއެވެ.)

- މުއްދަތުހަމަނުވާ އައި.ޑީ ކާޑުގެ ސާފު ފޮޓޯކޮޕީ.

- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ

- ވަނަވަރު ( ސީވީ) ގުޅޭނެ ނަންބަރާއެކު

- ސިވިލްސާވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނުކުރާކަމަށް، އެ މުވައްޒަފަކު ވަޒީފާ އަދާކުރާ އޮފީހެއްގެ ލިއުން.

- ސިވިލް ސަރވިސްގެ ވަޒީފާ އަދާކުރަމުންދާ މުވައްޒަފެއްނަމަ، މުވައްޒަފުންގެ މަސައްކަތު ފެންވަރު ބެލުމުގެ ނަތީޖާއާއި، ހާޒިރީ އަދި މަސައްކަތުގެ އުޅުމާއި އަޚުލާޤު ހުރިގޮތް ބަޔާންކުރާ ލިޔުން. މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުންކުރާ އިޢުލާނަށް ކުރިމަތިލާނަމަ، މި ލިޔުން ހުށަހަޅާކަށް ނުޖެހޭނެއެވެ.

އިތުރު މައުލޫމާތު ހޯއްދެވުމަށް

ފޯނު ނަންބަރު: 7952912

ފެކްސް ނަންބަރު: 6740591

މެއިލް އެޑްރެސް: [email protected]

11 ފެބުރުވަރީ 2016
ހޯދާ