ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މަޤާމު: ފިޒިކަލް އެޑިޔުކޭޝަން ޓީޗަރ (ރިލީފް)
ބޭނުންވާ އަދަދު: 01
ވަޒީފާ އޮތް އޮފީސް: ފ.މަގޫދޫ ސްކޫލް
ގިންތި: ވަގުތީ
ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: އެކަޑަމިކް ސެކްޝަން / ފ.މަގޫދޫ ސްކޫލް
ޝަރުޠު
މަޤާމު |
ރޭންކު |
ކްލެސިފިކޭޝަން |
ޝަރުޠު |
މަޤާމުގެ އަސާސީ މުސާރަ |
ސަރވިސް އެލަވަންސް |
ޕީ.އީ ޓީޗަރ (ރިލީފް) |
|
|
- ސާނަވީ ތަޢުލީމު ހާސިލުކޮށްފައިވާނަމަ |
-/4500 |
-/1500 |
- މަތީ ސާނަވީ ތަޢުލީމު ހާސިލުކޮށްފައި ވާނަމަ |
-/5500 |
-/1500 |
|||
- ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވާނަމަ |
-/6090 |
-/2500 |
|||
އިތުރުގަޑީގެ ފައިސާ |
އިތުރުގަޑީގައި މަސައްކަތް ކުރަންޖެހޭނަމަ، ހަމަޖެހިފައިވާ އުސޫލުގެ މަތިން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. |
ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް |
- މުޤައްރަރުގައިވާ މިންވަރަށް ދަރިވަރުންނަށް ތަކެތި ދަސްކޮށްދީ އޮޅުންފިލުވައިދިނުން - ލެސަންޕްލޭން ތައްޔާރުކުރުން - ސްކީމް ތައްޔާރުކުރުން - ސްކޫލް ޓީޗަރެއްގެ ހައިސިއްޔަތުން ދަރިވަރުންގެ ކުރިއެރުމަށް ހިންގޭ އެންމެހާ ޙަރަކާތްތަކުގައި ޢަމަލީގޮތުން ބައިވެރިވުން - ސްކޫލް ދަރިވަރުންނަށް ކަސްރަތު ޕްރޮގްރާމްތައް ރާވައި ހިންގުން. |
މަޤާމުގެ މަސްއޫލިއްޔަތު |
1- ހަވާލުކުރެވިފައިވާ ޓައިމްޓޭބަލާ އެއްގޮތަށް ފަރުވާތެރިކަމާއެކު ކިޔަވަވައިދިނުން 2- ކިޔަވައިދެއްވުމަށް ހަމަޖެހިފައިވާ ކުދިންނަށް އެއަހަރަކަށް ކަނޑައެޅިފައިވާ މުޤައްރަރާ އެއްގޮތަށް، ކުދިންނަށް އެތަކެތި އުނގަންނައިދީ އެކުދިންނަށް ހާސިލުވާންޖެހޭ މިންވަރަށް އެންމެ ފުރިހަމައަށް ހާސިލުކޮށްދެއްވުމަށް މަސައްކަތްކުރުން 3- ސްކޫލުން ކަނޑައަޅާފައިވާ އުސޫލާއެއްގޮތަށް ކަނޑައަޅާފައިވާ ދުވަހަށް ލެސަންޕްލޭން (ކުރިއަށް އޮންނަ ހަފުތާއަށް) ތައްޔާރުކޮށް ސްޕަވައިޒަރަށް ދެއްކެވުން. 4- ސްކޫލުން ކަނޑައަޅާފައިވާ އުސޫލާއެއްގޮތަށް ސްކީމް އޮފް ވާރކް ފުރިހަމަކޮށް ނިންމެވުން 5- މާއްދާތަކުގެ ކޯޑިނޭޝަން މީޓިންގތަކުގައާއި ޑިސްކަޝަން މީޓީންގތަކުގައި ފުރިހަމައަށް ބައިވެރިވުން 6- ސްކޫލުން ބާއްވާ ސްޓާފް މީޓިންގތަކާއި، ސެޝަންމީޓިންގ، ބެލެނިވެރިންގެ ބައްދަލުވުން އަދި މިނޫންވެސް މުދައްރިސުންގެ ހައިސިއްޔަތުން ބައިވެރިވެލެއްވުމަށް ސްކޫލުން އަންގަވާ ކޮންމެ ބައްދަލުވުމެއްގައި ފަރުވާތެރިކަމާއެކު ބައިވެރިވުން 7- ކުދިންގެ ފޮތްތަކާއި ކިޔަވައިދިނުމާގުޅޭ އެހެނިހެން މަސައްކަތްތައް ފަރުވާތެރިކަމާއެކު ދުވަހުން ދުވަހަށް ބައްލަވައި މާކުކުރެއްވުން 8- މުވައްޒަފުގެ އަމިއްލަ ކުރިއެރުމަށް ހިތްވަރާއެކު މަސައްކަތްކޮށް ސްކޫލުން ބޭނުންވާ ފެންވަރަށް މުވައްޒަފުގެ ފަންނީ އަދި ޢިލްމީ ޤާބިލުކަން ކުރިއެރުވުން 9- ސްކޫލުގެ ދަރިވަރުންގެ އަޚުލާޤާއި ސްލޫކު އަދި ކިޔެވުމުގެ ފެންވަރު ރަނގަޅުކުރެއްވުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރެއްވުން 10- ސްކޫލުން ހަވާލުކުރެވޭ މަސައްކަތްތަކަށް ފަރުވާތެރިވެ، ޒިންމާދާރުވެ، އަމިއްލައަށް އިސްނަގައިގެން ކުރެއްވުމަށް ޝައުޤުވެރިވެވަޑައިގަތުން 11- ކިޔަވައިދިނުމަށް ބޭނުންވާ އިތުރު އެހީތައް ބޭނުންވެއްޖެ ހިނދެއްގައި އުފައްދައިގެން ބޭނުންކުރުން 12- ކްލާހުގައި ހޭދަކުރައްވާ ގަޑިތަކުގައާއި ސްކޫލުގެ ތެރޭގައި ހޭދަކުރައްވާ ވަގުތުތަކުގައި އަދި ސްކޫލުން ބޭރުގައިވެސް އަޚުލާޤަށް ސަމާލުކަން ދެއްވުމާއި ކުދިން އެގޮތުގައި ތަރުބިއްޔަތު ކުރެއްވުމަށް މަސައްކަތްކުރެއްވުން. 13- ލީޑިންގ ޓީޗަރުން އަންގަވާ ގޮތެއްގެމަތިން އިމްތިޙާނުތައް ތައްޔާރުކުރެއްވުމާއި، އިމްތިޙާނުތައް ހިންގެވުމާއި އިމްތިޙާނު ކަރުދާސްތައް މާކް ކުރެއްވުމާއި އަދި އިމްތިޙާނުތަކާ ގުޅޭ އެންމެހާ ރިކޯޑުތައް ތައްޔާރުކޮށް ބެލެހެއްޓެވުން. 14- ކިޔަވައިދެއްވާ ސެޝަނުގެ ކްލާސްތަކުގައި ދަރިވަރުންގެ އުނގެނުމާއި އަޚްލާގާއި ގުޅޭގޮތުން ކުދިންނާއި ބެލެނިވެރިންނަށް އޮޅުންފިލުވައިދީ ނަސޭހަތްތެރިވުން. 15- މުވައްޒަފު ނިސްބަތްވާ ހައުސް /ކްލަބް / ޑިޕާޓްމަންޓްގެ ހަރަކާތްތައް ހިންގުމުގައި އެބޭފުޅެއްގެ ޤާބިލުކަން ހުރި އެންމެ މަތީދަރަޖައެއްގައި އެހީތެރިވެ ކާމިޔާބީއަށް މަސައްކަތްކުރުން. 16- ކިޔަވައިދެއްވާ ވަގުތުތަކުގައާއި ކިޔަވައިދިނުމާ ގުޅޭ ހަރަކާތްތައް ހިންގާ ވަގުތުތަކުގައި ކުދިންގެ ކަންކަމުގައި ޒިންމާވެ އެކުދިން އެކަނި ދޫކޮށްނުލެއްވުން. 17- ދަރިވަރުން ގެންގުޅޭ ޓެކްސްޓް ފޮތްތަކާއި އެހެނިހެން ތަކެތި ސާފުތާހިރުކޮށް އިސްރާފުކުޑަކޮށް ގެންގުޅެވޭނެގޮތް ދަސްކޮށްދީ އެކަމަށް ބާރުއެޅުއްވުން. 18- ދިވެހި ސަރުކާރުގެ ގަވާއިދުތަކާއި، ދިވެހި ސިވިލްސަރވިސްގެ ގަވާއިދުތަކާއި އަދި މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި ސްކޫލުގެ އެންމެހާ ގަވާއިދުތަކަށް ޙުރުމަތްތެރިކޮށް ހިއްތެވުން. |
އިންޓަރވިއު އޮންނާނެ ތަނާއި ތާރީޚު: |
އިންޓަރވިއު އޮންނާނީ 24 ފެބުރުވަރީ 2016 ވާ ބުދަ ދުވަހުގައި ފ. މަގޫދޫ ސްކޫލުގައެވެ. |
އެހެނިހެން އިނާޔަތްތައް |
- މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ސަރކިއުލަރ ނަންބަރު: PS/CIR/2016/13ފ-22 ގައިވާ ގޮތުގެ މަތިން ސަލާމް، ޢާއިލީ ޒިންމާ ފަދަ ޗުއްޓީތައް ހަމަޖައްސައިދެވޭނެއެވެ. |
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް |
އިންޓަރވިއު ކުރުމަށްފަހު، މަޤާމަށް ހޮވޭނީ މެރިޓް އުސޫލުން އެންމެ މަތިން ޕޮއިންޓް ހޯދާ ފަރާތެކެވެ. |
ސުންގަޑި |
ޝަރުޠު ހަމަވާ ފަރާތްތަކުން 22 ފެބުރުވަރީ 2016 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައި ބަޔާން ކުރެވިފައިވާ ތަކެއްޗާއެކު މި ސްކޫލަށް ހުށަހެޅުއްވުން އެދެމެވެ. |
ހުށަހަޅަންޖެހޭ ތަކެތި |
- ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (އެޕްލިކޭޝަންފޯމު މަގޫދޫ ސްކޫލުންނާއި ސިވިލްސަރވިސްގެ ވެބްސައިޓް www.csc.gov.mv އިން ލިބެން ހުންނާނެއެވެ.) - މުއްދަތުހަމަނުވާ އައި.ޑީ ކާޑުގެ ސާފު ފޮޓޯކޮޕީ. - ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ - ވަނަވަރު ( ސީވީ) ގުޅޭނެ ނަންބަރާއެކު - ސިވިލްސާވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނުކުރާކަމަށް، އެ މުވައްޒަފަކު ވަޒީފާ އަދާކުރާ އޮފީހެއްގެ ލިއުން. - ސިވިލް ސަރވިސްގެ ވަޒީފާ އަދާކުރަމުންދާ މުވައްޒަފެއްނަމަ، މުވައްޒަފުންގެ މަސައްކަތު ފެންވަރު ބެލުމުގެ ނަތީޖާއާއި، ހާޒިރީ އަދި މަސައްކަތުގެ އުޅުމާއި އަޚުލާޤު ހުރިގޮތް ބަޔާންކުރާ ލިޔުން. މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުންކުރާ އިޢުލާނަށް ކުރިމަތިލާނަމަ، މި ލިޔުން ހުށަހަޅާކަށް ނުޖެހޭނެއެވެ. |
އިތުރު މައުލޫމާތު ހޯއްދެވުމަށް |
ފޯނު ނަންބަރު: 7952912 ފެކްސް ނަންބަރު: 6740591 މެއިލް އެޑްރެސް: [email protected] |