ހުވަދުއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހުއްދަ ނުހޯދައި ދަރުމަކޮޅުގެ ރުއްތަކުން ކާށި، ގަބުޅި، އަދި ކުރުނބާ އެޅުމާއިގުޅޭ

 

 

             ޢިއުލާން

ހުއްދަ ނުހޯދައި ދަރުމަކޮޅުގެ ރުއްތަކުން ކާށި، ގަބުޅި، އަދި ކުރުނބާ އެޅުމާއިގުޅޭ:

މިހާރަކަށް އައިސް އެކި ފަރާތްތަކުން (ބިދޭސީންނާއި، އާންމުން)  ދަރުމަކޮޅުގެ ރުއްތަކުން ހުއްދަ ހޯދުމަކާއި ނުލައި ކާށި، ގަބުޅި އަދި ކުރުނބާ އަޅަމުންދާކަމުގެ ޝަކުވާ މިއިދާރާއަށް ލިބެމުންދާތީ ދަންނަވަމެވެ.

އެގިވަޑައިގަންނަވާނޭ ފަދައިން ދަރުމަކޮޅުން ކާށި ހޮވާ ފަރާތްތަކަށް މިކަމުގެ ހުއްދަ ދިނުމުގެ ގޮތުން ޚާއްސަ އުސޫލެއް މިއިދާރާއިން މީގެ ކުރިންވާނީ އާންމު ކުރެވިފައެވެ. މިއުސޫލުގެ ދަށުން މިސަރަހައްދަށް ވަދެ ކާށި ހޮވުމުގެ ހުއްދަދެވިފައި ވާނީ ކޮންމެ ހަފްތާއަކުވެސް ހޮނިހިރު ދުވަހު އެކަނި ކަމުގައި ދަންނަވަމެވެ. އަދި އެނޫން ދުވަސްތަކުގައި މިސަރަހައްދުން ކާށި ހޮވުމަކީ މަނާކަމެއް ކަމުގައި ދަންނަވަމެވެ. އަދި ޙާއްސަ މުނާސަބާތައް ފާހަނގަކުރުމުގެ ގޮތުން، އެކި އެކި ބާވަތްތަކުގެ ކާބޯތަކެތި ތައްޔާރުކުރުމަށް (ވިޔަފާރި ބޭނުންތަކަށްފިޔަވައި) ގަބުޅި ހޯދުމަށް ބޭނުންފުޅުވާ ފަރާތްތަކުން ކައުންސިލަށް ހުށަހަޅައި ރަސްމީ ހުއްދަ ހޯދައިގެން ނޫންގޮތަކަށް މިސަރަހައްދުގައިވާ ރުއްތަކަށް އަރައި ރުއްތަކުން އެއްވެސްބާވަތެއްގެ އެއްޗެއް އެޅުމަކީ މަނާކަމެއްކަމުގައި ދަންނަވަމެވެ.

އަދި ދަންނަވަމެވެ. ރަށުގައި ދިރިއުޅޭ ބިދޭސީންގެ ފަރާތުން ދަރުމަކޮޅުގެ ރުއްތަކަށް އަރައި ކާށި، ގަބުޅި، ކުރުނބާ، އާޅާތަން ފެނިއްޖެނަމަ ލަސްނޮކޮށް އެމައްސަލަ ކައުންސިލަށް ރިޕޯޓްކޮށްދެއްވުން އެދެމެވެ.

 

                 6 ރަބީޢުލްއައްވަލް  1448 

                 19  އޮގަސްޓް  2026         

                                                      އަޙްމަދު އަޒީމް

ހުވަދުއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ ރައީސް

20 އޮގަސްޓް 2026
ހޯދާ