ދިވެހިރާއްޖެ
ޢިއުލާން
ހުއްދަ ނުހޯދައި ދަރުމަކޮޅުގެ ރުއްތަކުން ކާށި، ގަބުޅި، އަދި ކުރުނބާ އެޅުމާއިގުޅޭ:
މިހާރަކަށް އައިސް އެކި ފަރާތްތަކުން (ބިދޭސީންނާއި، އާންމުން) ދަރުމަކޮޅުގެ ރުއްތަކުން ހުއްދަ ހޯދުމަކާއި ނުލައި ކާށި، ގަބުޅި އަދި ކުރުނބާ އަޅަމުންދާކަމުގެ ޝަކުވާ މިއިދާރާއަށް ލިބެމުންދާތީ ދަންނަވަމެވެ.
އެގިވަޑައިގަންނަވާނޭ ފަދައިން ދަރުމަކޮޅުން ކާށި ހޮވާ ފަރާތްތަކަށް މިކަމުގެ ހުއްދަ ދިނުމުގެ ގޮތުން ޚާއްސަ އުސޫލެއް މިއިދާރާއިން މީގެ ކުރިންވާނީ އާންމު ކުރެވިފައެވެ. މިއުސޫލުގެ ދަށުން މިސަރަހައްދަށް ވަދެ ކާށި ހޮވުމުގެ ހުއްދަދެވިފައި ވާނީ ކޮންމެ ހަފްތާއަކުވެސް ހޮނިހިރު ދުވަހު އެކަނި ކަމުގައި ދަންނަވަމެވެ. އަދި އެނޫން ދުވަސްތަކުގައި މިސަރަހައްދުން ކާށި ހޮވުމަކީ މަނާކަމެއް ކަމުގައި ދަންނަވަމެވެ. އަދި ޙާއްސަ މުނާސަބާތައް ފާހަނގަކުރުމުގެ ގޮތުން، އެކި އެކި ބާވަތްތަކުގެ ކާބޯތަކެތި ތައްޔާރުކުރުމަށް (ވިޔަފާރި ބޭނުންތަކަށްފިޔަވައި) ގަބުޅި ހޯދުމަށް ބޭނުންފުޅުވާ ފަރާތްތަކުން ކައުންސިލަށް ހުށަހަޅައި ރަސްމީ ހުއްދަ ހޯދައިގެން ނޫންގޮތަކަށް މިސަރަހައްދުގައިވާ ރުއްތަކަށް އަރައި ރުއްތަކުން އެއްވެސްބާވަތެއްގެ އެއްޗެއް އެޅުމަކީ މަނާކަމެއްކަމުގައި ދަންނަވަމެވެ.
އަދި ދަންނަވަމެވެ. ރަށުގައި ދިރިއުޅޭ ބިދޭސީންގެ ފަރާތުން ދަރުމަކޮޅުގެ ރުއްތަކަށް އަރައި ކާށި، ގަބުޅި، ކުރުނބާ، އާޅާތަން ފެނިއްޖެނަމަ ލަސްނޮކޮށް އެމައްސަލަ ކައުންސިލަށް ރިޕޯޓްކޮށްދެއްވުން އެދެމެވެ.
6 ރަބީޢުލްއައްވަލް 1448
19 އޮގަސްޓް 2026
އަޙްމަދު އަޒީމް
ހުވަދުއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ ރައީސް