ދިވެހިރާއްޖެ
މާލެ ސިޓީ ކައުންސިލްގެ "ރީތިންކް މާލެ" އާބަން ސްޓްރެޓެޖީއާއި ލޯކަލް ޑިވެލޮޕްމަންޓް ޕްލޭންގެ އޮނިގަނޑާ އެއްގޮތްވާ ގޮތުގެ މަތިން "މާލެ ސިޓީގެ ލޭންޑް ޔޫސް ޕްލޭން" (ބިން ބޭނުންކުރާނެ ގޮތުގެ ޕްލޭން) އަށް އިސްލާހީ ބަދަލުތަކެއް ގެނައުމުގެ މަސައްކަތް މި ކައުންސިލުންވަނީ ފަށާފައެވެ. އެގޮތުން ކޮންމެ އަވަށެއްގެ ރައްޔިތުންނާއި ބައްދަލުކޮށް މަޝްވަރާ ކުރުމަށްވަނީ ހަމަޖެހިފައެވެ. އެގޮތުން ވިލިމާލޭގެ ރައްޔިތުންނާ ބައްދަލުކުރުން 20 އޮގަސްޓް 2026 ވަނަ ދުވަހުގެ ރޭ 20:30ގައި ވިލިމާލޭގައި ހުންނަ ޔޫތު ސެންޓަރުގައި ބާއްވާގޮތަށް ވަނީ ހަމަޖެހިފައެވެ.
ވީމާ، މި ބައްދަލުވުމަށް ވިލިމާލޭގެ ރައްޔިތުންނަށް ދައުވަތު އަރުވައި، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.
04 ރަބީޢުލްއައްވަލު 1448
17 އޮގަސްޓް 2026
