ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)425-A1/1/2026/ 164
ޕަބްލިޝްކުރި ތާރީޚް: 17 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 11:51
ސުންގަޑި: 17 އޮގަސްޓް 2026 00:00
މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާލެ ސިޓީގެ "ލޭންޑް ޔޫސް ޕްލޭން" މަސައްކަތް ކުރުމަށް ކޮންމެ އަވަށެއްގައި ބާއްވާ މަޝްވަރާ ބައްދަލުވުމާއި ގުޅޭ.

މާލެ ސިޓީ ކައުންސިލްގެ "ރީތިންކް މާލެ" އާބަން ސްޓްރެޓެޖީއާއި ލޯކަލް ޑިވެލޮޕްމަންޓް ޕްލޭންގެ އޮނިގަނޑާ އެއްގޮތްވާ ގޮތުގެ މަތިން "މާލެ ސިޓީގެ ލޭންޑް ޔޫސް ޕްލޭން" (ބިން ބޭނުންކުރާނެ ގޮތުގެ ޕްލޭން) އަށް އިސްލާހީ ބަދަލުތަކެއް ގެނައުމުގެ މަސައްކަތް މި ކައުންސިލުންވަނީ ފަށާފައެވެ. އެގޮތުން ކޮންމެ އަވަށެއްގެ ރައްޔިތުންނާއި ބައްދަލުކޮށް މަޝްވަރާ ކުރުމަށްވަނީ ހަމަޖެހިފައެވެ. އެގޮތުން ވިލިމާލޭގެ ރައްޔިތުންނާ ބައްދަލުކުރުން 20 އޮގަސްޓް 2026 ވަނަ ދުވަހުގެ ރޭ 20:30ގައި ވިލިމާލޭގައި ހުންނަ ޔޫތު ސެންޓަރުގައި ބާއްވާގޮތަށް ވަނީ ހަމަޖެހިފައެވެ.

ވީމާ، މި ބައްދަލުވުމަށް ވިލިމާލޭގެ ރައްޔިތުންނަށް ދައުވަތު އަރުވައި، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

                                                                                        

                                                                                                                                          04 ރަބީޢުލްއައްވަލު 1448

                                                                                                                                           17 އޮގަސްޓް 2026

17 އޮގަސްޓް 2026