މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކަނޑު ލައިސަންސް ޢަމަލީ ޓެސްޓް ކުރާނޭ އެގްޒަމިނަރުން ހޯދުން

މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަނުން ދޫކުރާ އިންޖީނުލީ ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ޕްރެކްޓިކަލް ޓެސްޓް ކުރައްވާނެ އެގްޒަމިނަރުން މިއިދާރާއަށް ހޯދަން ބޭނުންވެއްޖެއެވެ.

އެގްޒަމިނަރުން

- ބޭނުންވާ ޢަދަދު: 02

ޝަރުތު:

* ނިޔަމިކަމުގެ ސަނަދު އޮތުން.

* ދޫކުރި ތާރީޚުން ފެށިގެން މަދުވެގެން 05 އަހަރުވެފައިވާ ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދު ދުއްވުމުގެ ލައިސަންސް ކެޓަގަރީތަކުގެ ތެރެއިން މަދުވެގެން A,A1,B,C,D އޮތް ފަރާތެއްކަމުގައި ވުން.

* ކަނޑު އުޅަނދު ދުއްވުމުގެ 1 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ފަރާތެއްކަމުގައި ވުން.

* ފާއިތުވެދިޔަ 5 އަހަރު ކަނޑު އުޅަނދު ދުއްވުމުގެ ޤަވާޢިދާއި ޚިލާފުވެ ކުށެއްކޮށްފައިވާކަން ސާބިތުވެފައިވާ ފަރާތެއްކަމުގައި ނުވުން.

* ވޭތުވެ ދިޔަ 5 އަހަރުދުވަހުގެ ތެރޭގައި ޖިނާޢީ ކުށެއް ސާބިތުވެފައިވާ ފަރާތެއްކަމުގައި ނުވުން.

* ޢުމުރުން 55 އަހަރުނުވާ ފަރާތެއްކަމުގައިވުމާއި ރަނގަޅު ޞިއްޙަތެއްގައި ހުރުން.

* ހިތާދޫ ކައުންސިލްގެ އިދާރާގައި ވަޒީފާ އަދާކުރާ ފަރާތެއް ކަމުގައި ނުވުން.

 

އުޖޫރަ: 

* އިމްތިހާންކުރާ ކޮންމެ އުޅަނދަކަށް -/25 ރުފިޔާ.

* އެގްޒަމިނަރުން ހޮވުމުގައި ގިނަ ގިންތީގެ ލައިސަންސް ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

 

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 03 ސެޕްޓެމްބަރ 2026 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ވަނަވަރާއެކު ފޯމް ކައުންސިލް އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އެގްޒެމިނަރުކަމަށް ވުމަށް އެދި ހުށަހަޅާ ފޯމް މި ޢިޢުލާނާއެކު ގެޒެޓް ކުރެވިފައިވާނެއެވެ. އަދި މި އިދާރާގެ ރިސެޕްޝަނުންވެސް ލިބެން ހުންނާނެއެވެ.

17 އޮގަސްޓް 2026
ހޯދާ