ދިވެހިރާއްޖެ
މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަނުން ދޫކުރާ އިންޖީނުލީ ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ޕްރެކްޓިކަލް ޓެސްޓް ކުރައްވާނެ އެގްޒަމިނަރުން މިއިދާރާއަށް ހޯދަން ބޭނުންވެއްޖެއެވެ.
އެގްޒަމިނަރުން
- ބޭނުންވާ ޢަދަދު: 02
ޝަރުތު:
* ނިޔަމިކަމުގެ ސަނަދު އޮތުން.
* ދޫކުރި ތާރީޚުން ފެށިގެން މަދުވެގެން 05 އަހަރުވެފައިވާ ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދު ދުއްވުމުގެ ލައިސަންސް ކެޓަގަރީތަކުގެ ތެރެއިން މަދުވެގެން A,A1,B,C,D އޮތް ފަރާތެއްކަމުގައި ވުން.
* ކަނޑު އުޅަނދު ދުއްވުމުގެ 1 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ފަރާތެއްކަމުގައި ވުން.
* ފާއިތުވެދިޔަ 5 އަހަރު ކަނޑު އުޅަނދު ދުއްވުމުގެ ޤަވާޢިދާއި ޚިލާފުވެ ކުށެއްކޮށްފައިވާކަން ސާބިތުވެފައިވާ ފަރާތެއްކަމުގައި ނުވުން.
* ވޭތުވެ ދިޔަ 5 އަހަރުދުވަހުގެ ތެރޭގައި ޖިނާޢީ ކުށެއް ސާބިތުވެފައިވާ ފަރާތެއްކަމުގައި ނުވުން.
* ޢުމުރުން 55 އަހަރުނުވާ ފަރާތެއްކަމުގައިވުމާއި ރަނގަޅު ޞިއްޙަތެއްގައި ހުރުން.
* ހިތާދޫ ކައުންސިލްގެ އިދާރާގައި ވަޒީފާ އަދާކުރާ ފަރާތެއް ކަމުގައި ނުވުން.
އުޖޫރަ:
* އިމްތިހާންކުރާ ކޮންމެ އުޅަނދަކަށް -/25 ރުފިޔާ.
* އެގްޒަމިނަރުން ހޮވުމުގައި ގިނަ ގިންތީގެ ލައިސަންސް ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 03 ސެޕްޓެމްބަރ 2026 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ވަނަވަރާއެކު ފޯމް ކައުންސިލް އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އެގްޒެމިނަރުކަމަށް ވުމަށް އެދި ހުށަހަޅާ ފޯމް މި ޢިޢުލާނާއެކު ގެޒެޓް ކުރެވިފައިވާނެއެވެ. އަދި މި އިދާރާގެ ރިސެޕްޝަނުންވެސް ލިބެން ހުންނާނެއެވެ.