ދިވެހިރާއްޖެ
އިޢުލާން
|
ފ.ފީއަލީ ބަނދަރު ޓީޖެޓީ ހުޅަނގު އުތުރު ތޮށީގައި އޮޑިދޯނި ފަހަރު އެޅުމާއި ގުޅޭ |
ނިލަންދެއަތޮޅު އުތުރުބުރީ ފީއަލީ ކައުންސިލްގެ 05 ވަނަ ދައުރުގެ 11 ވަނަ ޢަންމު ޖަލްސާއިން ޖަލްސާއަށް ހާޒިރުވި އެންމެހާ މެމްބަރުންގެ ޢިއްތިފާޤުން ނިންމާފައިވަނީ ރަށުގެ ބަނދަރުގައި ޑިންގީތައް އެޅުމަށް ބޭނުންކުރަމުން އަންނަ ސަރަހައްދު ފުރިފައިވާތީ، ޑިންގީތައް އެޅުމަށް އިތުރު ސަރަހައްދެއް ކަނަޑައެޅުމާއި ގުޅޭގޮތުން ކައުންސިލްގައި މަޝްވަރާކޮށް ގޮތެއް ނިންމުމަށް ހުށަހެޅުނު މައްސަލާގައި މަޝްވަރާކޮށް ނިންމާފައިވަނީ ޓީ ޖެޓީގެ ދޯނި އެހެލާ ސަރަހައްދަށްވީ ފަޅީގައި (ޓީޖެޓީގެ ހުޅަނގު އުތުރު ފަޅި) ޑިންގީ އަދި ކުދި ދޯނި ފަހަރު ( 30 ފޫޓް އިން ދަށް ) އެޅުމަށް ފެންނަކަމަށެވެ. އަދި ޑިންގީ އެޅުމުގައި މިހާރުވެސް އެފަދަ ތަކެތި އަޅާފައި އޮންނަ އުޞޫލުން އެޅުމާއި އެ ސަރަހައްދަށް ކައިރި ކުރާ މުދާ އުފުލާ ދޯނިތަކަށް އުނދަގޫ ނުވާނޭގޮތަށް ޑިންގީ އެޅުމަށެވެ. މިގޮތުން މިސަރަހައްދުގައި ބަޔާންކުރެވުނު އުޅަނދު ފަހަރު ފިޔަވައި އެހެން އުޅަނދު ފަހަރު އަޅާފައި ބޭއްވުމަކީ މަނާކަމެއްކަމުގައި ދަންނަވަމެވެ.
ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.
16 އޮގަސްޓް 2026
02 ރަބީޢުލްޢައްވަލް 1448
ޚާދިމްކުމް
އަޙްމަދު އިލްހާމް
ފީއަލީ ކައުންސިލްގެ ރައީސް
