ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)370-ESMS SC/370/2026/26
ޕަބްލިޝްކުރި ތާރީޚް: 16 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 12:32
ސުންގަޑި: 25 އޮގަސްޓް 2026 14:00
ނިލަންދެއަތޮޅު އުތުރުބުރީ ފީއަލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފ.ފީއަލީ ބަނދަރު ޓީޖެޓީ ހުޅަނގު އުތުރު ތޮށީގައި އޮޑިދޯނި ފަހަރު އެޅުމާއި ގުޅޭ

 

 

 

އިޢުލާން

 

ފ.ފީއަލީ ބަނދަރު ޓީޖެޓީ ހުޅަނގު އުތުރު ތޮށީގައި އޮޑިދޯނި ފަހަރު އެޅުމާއި ގުޅޭ

 

ނިލަންދެއަތޮޅު އުތުރުބުރީ ފީއަލީ ކައުންސިލްގެ 05 ވަނަ ދައުރުގެ 11 ވަނަ ޢަންމު ޖަލްސާއިން ޖަލްސާއަށް ހާޒިރުވި އެންމެހާ މެމްބަރުންގެ ޢިއްތިފާޤުން ނިންމާފައިވަނީ ރަށުގެ ބަނދަރުގައި ޑިންގީތައް އެޅުމަށް ބޭނުންކުރަމުން އަންނަ ސަރަހައްދު ފުރިފައިވާތީ، ޑިންގީތައް އެޅުމަށް އިތުރު ސަރަހައްދެއް ކަނަޑައެޅުމާއި ގުޅޭގޮތުން ކައުންސިލްގައި މަޝްވަރާކޮށް ގޮތެއް ނިންމުމަށް ހުށަހެޅުނު މައްސަލާގައި މަޝްވަރާކޮށް ނިންމާފައިވަނީ ޓީ ޖެޓީގެ ދޯނި އެހެލާ ސަރަހައްދަށްވީ ފަޅީގައި (ޓީޖެޓީގެ ހުޅަނގު އުތުރު ފަޅި) ޑިންގީ އަދި ކުދި ދޯނި ފަހަރު ( 30 ފޫޓް އިން ދަށް ) އެޅުމަށް ފެންނަކަމަށެވެ. އަދި ޑިންގީ އެޅުމުގައި މިހާރުވެސް އެފަދަ ތަކެތި އަޅާފައި އޮންނަ އުޞޫލުން އެޅުމާއި އެ ސަރަހައްދަށް ކައިރި ކުރާ މުދާ އުފުލާ ދޯނިތަކަށް އުނދަގޫ ނުވާނޭގޮތަށް ޑިންގީ އެޅުމަށެވެ. މިގޮތުން މިސަރަހައްދުގައި ބަޔާންކުރެވުނު އުޅަނދު ފަހަރު ފިޔަވައި އެހެން އުޅަނދު ފަހަރު އަޅާފައި ބޭއްވުމަކީ މަނާކަމެއްކަމުގައި ދަންނަވަމެވެ.

ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

 

 

16 އޮގަސްޓް 2026

02 ރަބީޢުލްޢައްވަލް 1448

ޚާދިމްކުމް

 

އަޙްމަދު އިލްހާމް

                                                     ފީއަލީ ކައުންސިލްގެ ރައީސް

16 އޮގަސްޓް 2026