މާޅޮސްމަޑުލު ދެކުނުބުރީ ކެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު: ކޮމިއުނިޓީ ކައުންސިލް އެސިސްޓެންޓް (ވޭޖް އެމްޕްލޯއީމެންޓް)

މަޤާމު

ކޮމިއުނިޓީ ކައުންސިލް އެސިސްޓެންޓް (ވޭޖް އެމްޕްލޯއީމެންޓް)

ބޭނުންވާ ޢަދަދު

12 (ބާރަ)

މަޤާމުގެ ގިންތި

ވަގުތީ 

މުއްދަތު

2 އަހަރު

މުސާރަ

މަސައްކަތްކުރާ ކޮންމެ ގަޑިއިރަކަށް .0050 (ފަންސާސް( ރުފިޔާ

މަސައްކަތްކުރަންޖެހޭ ގަޑި

  • ޝިފްޓް 1: ހެނދުނު 07:00 – 9:30
  • ޝިފްޓް 2 : ހެނދުނު 10:30 – 12:00
  • ދުވާލަކު 4 ގަޑިއިރު
  • ހަފްތާއަކު 6 ދުވަސް

ވަޒީފާ އަދާކުރަންޖެހޭ ތަން

މާޅޮސްމަޑުލު ދެކުނުބުރީ ކެންދޫ ކައުންސިލްގެ އިދާރާ، މުނިސިޕަލް ޔުނިޓް

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު

  1. ކައުންސިލް އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބުދާރީވުން.
  2. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ސެކްރަޓަރީ ޖެނެރަލްގެ ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން.
  3. ރަށުގެ ޢާއްމު ސަރަހައްދުތައް ސާފުތާހިރުކޮށް، ރީތި ހިތްފަސޭހަ ތަނެއްގެ ގޮތުގައި ބޭއްވުމަށް އެ ސަރަހައްދުތައް ކުނިކަހައި ވިނަ ނުޅައި ސާފުތާހިރުކޮށް ބެލެހެއްޓުން
  4. ކުނިކަހާ ސާފުކޮށް ބެލެހެއްޓުމަށް ކަނޑައެޅިފައިވާ ސަރަހައްދުގައި މީހުން ހިނގާބިނގާވެ އުޅުމަށާއި ދުއްވާ އެއްޗެއްސަށް އުނދަގޫވާގޮތަށް ހުންނަ ގަސްގަހުގެ އަފިތަކާއި ރުއްތަކުގެ ފަންތައް ކޮށައި ސާފުކުރުން
  5. އިޖުތިމާޢީ މަރުކަޒުތަކާއި، ކުޅިވަރު ކުޅޭ އާއްމު ދަނޑުތަކާއި ބިންތައް ބެލެހެއްޓުމާއި، ކުޅިވަރުގެ ވަޞީލަތްތަކާއި އާއްމު ޕާކުތަކާއި މުނިފޫހިފިލުވުމާއިބެހޭ ޚިދުމަތްތައް ފޯރުކޮށްދޭ ތަންތަން ސާފުކޮށް ބެލެހެއްޓުން.
  6. އާސާރީ ތަންތަނުގެ ގޮތުގައި ކަނޑައެޅިފައިވާ ތަންތަނުގެ އިމާރާތާއި ގޯތިރެއާއި، ސަރަހައްދުތަކުގެ ގަސްކޮށައި، ސާފުކޮށް ބެލެހެއްޓުން.
  7. މަގު ހިނގާބިނގާވެ އުޅުމަށާއި، ދުއްވާތަކެއްޗަށް ދަތިވާނޭ ގޮތަށް މަގުގައި ހުންނަ ކަންކަން އިސްލާހުކޮށް ބެލެހެއްޓުން.
  8. ފާހަގަކުރަންޖެހޭ ދުވަސްތައް ފާހަގަކުރުމުގެ ތައްޔާރީތައްވުމުގައި އެހީތެރިކަން ފޯރުކޮށްދީ، ތައްޔާރުކުރާ ތަންތަން ސާފުކޮށް، ޒީނަތްތެރިކުރުން.
  9. މަގުމަތި ދިއްލައި އަލިކުރުމަށް ހުރަސްއެޅޭ ގޮތަށް ހުންނަ ގަހާއި، އެފަދަ ތަކެތި ދެނެގަނެ، ސުޕަވައިޒަރަށް އެންގުން.
  10. އިޖްތިމާއީ ސަރަޙައްދުގެ ގޮނޑުދޮށާއި ރާޅުފަށާއި ހަމައަށް ލައްގާފައި ހުންނަ ކުނި އަދި ގައުތަށް ނަގައި ސާފުކުރުން.
  11. ކޮންމެ ސަރަހައްދެއް ކުނިކެހުމަށްފަހު ނެގޭ ހުރިހާ ބާވަތެއްގެ ކުނި، ކައުންސިލް އިދާރާގެ ކުނިމެނޭޖްކުރުމުގެ މަސައްކަތް ސްޕަވައިޒްކުރާ ފަރާތުގެ އިރުޝާދުގެ މަތިން އެދުވަހަކު އުކާލެވޭނެ އިންތިޒާމް ހަމަޖެއްސުން.
  12. އިޖްތިމާއީ ސަރަހައްދުތަކުގައި، ކައުންސިލުގެ ހުއްދައާއި ނުލާ ބެހެއްޓޭ އަމިއްލަ ފަރާތްތަކުގެ އުފުލޭޒާތުގެ އެންމެހައި ތަކެތި ނަގައި ތަން ސާފުކުރުން. (މިފަދަ ތަކެތީގެ ތެރޭގައި ހިތްފަސޭހަ ކޮށްލުމަށް ބަހައްޓާފައި ހުންނަ ތަކެތި އިސްތިސްނާ ކުރެވޭނެ)
  13. ކައުންސިލްގެ ހުއްދަނެތި އިޖްތިމާއީ ސަރަހައްދުތަކުގައި އިންދާ ރުއް/ގަހުގެ މަޢުލޫމާތު ކުނިމެނޭޖްކުރުމުގެ މަސައްކަތް ސްޕަވައިޒްކުރާ ފަރާތަށް އަންގާ އެފަރާތުންދޭ އިރުޝާދާއި އެއްގޮތަށް އެ ތަކެތި ނެގުން.
  14. ބަނދަރާއި، ބަނދަރު ހިމެނޭ ސަރަހައްދު ސާފުކޮށް ބެލެހެއްޓުން.
  15. އާއްމު އިޖުތިމާއީ ސަރަހައްދުތަކާއި، ވަލުތެރޭގައި މަދިރި އާލާވާ ގޮތަށް ހުންނަ ތަންތަން ނައްތާލުން.
  16. ރަށަށް ދިމާވާ ތަފާތު ޤުދުރަތީ ހާދިސާތަކާއި (މިސާލަކަށް: އުދައެރުން، ތޫފާން) ގުޅިގެން ރަށް ސާފުކުރުމަށް ކުރެވޭ ހާއްސަ މަސައްކަތްތަކުގައި ބައިވެރިވުން.
  17. ކައުންސިލްގެ އިދާރާއިން ފޯރުކޮށްދޭ ރަށްވެހިކަމުގެ ނުވަތަ މުނިސިޕަލް ހިދުމަތްތަކާގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި އެހީތެރިވެދިނުން.

 

ޝަރުޠު

  1. ލިޔަންކިޔަން އެނގުމާއިއެކު ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ ފުރިހަމަ ސިއްޙަތެއްގައި ހުރި މީހެއް ކަމުގައިވުން.
  2. 18 އަހަރާއި 60 އަހަރާއި ދެމެދުގެ ބޭފުޅެއްކަމުގައި ވުން.

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު ކުރުން އޮންނާނެ ތާރީޚާއި ތަން:

މި މަޤާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަވިއު ކުރުން އޮންނާނީ މާޅޮސްމަޑުލު ދެކުނުބުރީ ކެންދޫ ކައުންސިލްގެ އިދާރާއިން ކަނޑައަޅާ ތާރީޚެއްގައި މި އިދާރާއިން ކަނޑައަޅާ ތަނެއްގައެވެ. މިގޮތުން ކަނޑައެޅޭ ތަނާއި ތާރީޚް މި ވަޒީފާއަށް އެދޭ ފަރާތްތަކަށް މި އިދާރާ މެދުވެރިވެ އެންގޭނެއެވެ.

ހުށަހަޅަންޖެހޭ  ލިޔުންތައް:

  1. ވަޒީފާއަށް އެދި ހުށަހަޅާފައިވާ ފޯމް.
  2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މި ވަޒީފާއަށް އެދޭ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމާއިއެކު، ހުށަހަޅަންޖެހޭ ލިއުންތައް، 23 އޯގަސްޓް 2026 ވާ އާދިއްތަ ދުވަހުގެ 14:00ގެ ކުރިން މާޅޮސްމަޑުލު ދެކުނުބުރީ ކެންދޫ ކައުންސިލްގެ އިދާރާއަށް ހުށަހެޅުން އެދެމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ މި އިދާރާގެ ނަންބަރު: 6600004  ފޯނާއެވެ.

16 އޮގަސްޓް 2026
ހޯދާ