|
މަޤާމު
|
ކޮމިއުނިޓީ ކައުންސިލް އެސިސްޓެންޓް (ވޭޖް އެމްޕްލޯއީމެންޓް)
|
|
ބޭނުންވާ ޢަދަދު
|
12 (ބާރަ)
|
|
މަޤާމުގެ ގިންތި
|
ވަގުތީ
|
|
މުއްދަތު
|
2 އަހަރު
|
|
މުސާރަ
|
މަސައްކަތްކުރާ ކޮންމެ ގަޑިއިރަކަށް .0050 (ފަންސާސް( ރުފިޔާ
|
|
މަސައްކަތްކުރަންޖެހޭ ގަޑި
|
- ޝިފްޓް 1: ހެނދުނު 07:00 – 9:30
- ޝިފްޓް 2 : ހެނދުނު 10:30 – 12:00
- ދުވާލަކު 4 ގަޑިއިރު
- ހަފްތާއަކު 6 ދުވަސް
|
|
ވަޒީފާ އަދާކުރަންޖެހޭ ތަން
|
މާޅޮސްމަޑުލު ދެކުނުބުރީ ކެންދޫ ކައުންސިލްގެ އިދާރާ، މުނިސިޕަލް ޔުނިޓް
|
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު
|
- ކައުންސިލް އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބުދާރީވުން.
- ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ސެކްރަޓަރީ ޖެނެރަލްގެ ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން.
- ރަށުގެ ޢާއްމު ސަރަހައްދުތައް ސާފުތާހިރުކޮށް، ރީތި ހިތްފަސޭހަ ތަނެއްގެ ގޮތުގައި ބޭއްވުމަށް އެ ސަރަހައްދުތައް ކުނިކަހައި ވިނަ ނުޅައި ސާފުތާހިރުކޮށް ބެލެހެއްޓުން
- ކުނިކަހާ ސާފުކޮށް ބެލެހެއްޓުމަށް ކަނޑައެޅިފައިވާ ސަރަހައްދުގައި މީހުން ހިނގާބިނގާވެ އުޅުމަށާއި ދުއްވާ އެއްޗެއްސަށް އުނދަގޫވާގޮތަށް ހުންނަ ގަސްގަހުގެ އަފިތަކާއި ރުއްތަކުގެ ފަންތައް ކޮށައި ސާފުކުރުން
- އިޖުތިމާޢީ މަރުކަޒުތަކާއި، ކުޅިވަރު ކުޅޭ އާއްމު ދަނޑުތަކާއި ބިންތައް ބެލެހެއްޓުމާއި، ކުޅިވަރުގެ ވަޞީލަތްތަކާއި އާއްމު ޕާކުތަކާއި މުނިފޫހިފިލުވުމާއިބެހޭ ޚިދުމަތްތައް ފޯރުކޮށްދޭ ތަންތަން ސާފުކޮށް ބެލެހެއްޓުން.
- އާސާރީ ތަންތަނުގެ ގޮތުގައި ކަނޑައެޅިފައިވާ ތަންތަނުގެ އިމާރާތާއި ގޯތިރެއާއި، ސަރަހައްދުތަކުގެ ގަސްކޮށައި، ސާފުކޮށް ބެލެހެއްޓުން.
- މަގު ހިނގާބިނގާވެ އުޅުމަށާއި، ދުއްވާތަކެއްޗަށް ދަތިވާނޭ ގޮތަށް މަގުގައި ހުންނަ ކަންކަން އިސްލާހުކޮށް ބެލެހެއްޓުން.
- ފާހަގަކުރަންޖެހޭ ދުވަސްތައް ފާހަގަކުރުމުގެ ތައްޔާރީތައްވުމުގައި އެހީތެރިކަން ފޯރުކޮށްދީ، ތައްޔާރުކުރާ ތަންތަން ސާފުކޮށް، ޒީނަތްތެރިކުރުން.
- މަގުމަތި ދިއްލައި އަލިކުރުމަށް ހުރަސްއެޅޭ ގޮތަށް ހުންނަ ގަހާއި، އެފަދަ ތަކެތި ދެނެގަނެ، ސުޕަވައިޒަރަށް އެންގުން.
- އިޖްތިމާއީ ސަރަޙައްދުގެ ގޮނޑުދޮށާއި ރާޅުފަށާއި ހަމައަށް ލައްގާފައި ހުންނަ ކުނި އަދި ގައުތަށް ނަގައި ސާފުކުރުން.
- ކޮންމެ ސަރަހައްދެއް ކުނިކެހުމަށްފަހު ނެގޭ ހުރިހާ ބާވަތެއްގެ ކުނި، ކައުންސިލް އިދާރާގެ ކުނިމެނޭޖްކުރުމުގެ މަސައްކަތް ސްޕަވައިޒްކުރާ ފަރާތުގެ އިރުޝާދުގެ މަތިން އެދުވަހަކު އުކާލެވޭނެ އިންތިޒާމް ހަމަޖެއްސުން.
- އިޖްތިމާއީ ސަރަހައްދުތަކުގައި، ކައުންސިލުގެ ހުއްދައާއި ނުލާ ބެހެއްޓޭ އަމިއްލަ ފަރާތްތަކުގެ އުފުލޭޒާތުގެ އެންމެހައި ތަކެތި ނަގައި ތަން ސާފުކުރުން. (މިފަދަ ތަކެތީގެ ތެރޭގައި ހިތްފަސޭހަ ކޮށްލުމަށް ބަހައްޓާފައި ހުންނަ ތަކެތި އިސްތިސްނާ ކުރެވޭނެ)
- ކައުންސިލްގެ ހުއްދަނެތި އިޖްތިމާއީ ސަރަހައްދުތަކުގައި އިންދާ ރުއް/ގަހުގެ މަޢުލޫމާތު ކުނިމެނޭޖްކުރުމުގެ މަސައްކަތް ސްޕަވައިޒްކުރާ ފަރާތަށް އަންގާ އެފަރާތުންދޭ އިރުޝާދާއި އެއްގޮތަށް އެ ތަކެތި ނެގުން.
- ބަނދަރާއި، ބަނދަރު ހިމެނޭ ސަރަހައްދު ސާފުކޮށް ބެލެހެއްޓުން.
- އާއްމު އިޖުތިމާއީ ސަރަހައްދުތަކާއި، ވަލުތެރޭގައި މަދިރި އާލާވާ ގޮތަށް ހުންނަ ތަންތަން ނައްތާލުން.
- ރަށަށް ދިމާވާ ތަފާތު ޤުދުރަތީ ހާދިސާތަކާއި (މިސާލަކަށް: އުދައެރުން، ތޫފާން) ގުޅިގެން ރަށް ސާފުކުރުމަށް ކުރެވޭ ހާއްސަ މަސައްކަތްތަކުގައި ބައިވެރިވުން.
- ކައުންސިލްގެ އިދާރާއިން ފޯރުކޮށްދޭ ރަށްވެހިކަމުގެ ނުވަތަ މުނިސިޕަލް ހިދުމަތްތަކާގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި އެހީތެރިވެދިނުން.
|
|
ޝަރުޠު
|
- ލިޔަންކިޔަން އެނގުމާއިއެކު ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ ފުރިހަމަ ސިއްޙަތެއްގައި ހުރި މީހެއް ކަމުގައިވުން.
- 18 އަހަރާއި 60 އަހަރާއި ދެމެދުގެ ބޭފުޅެއްކަމުގައި ވުން.
|
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.
|
|
މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު ކުރުން އޮންނާނެ ތާރީޚާއި ތަން:
|
މި މަޤާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަވިއު ކުރުން އޮންނާނީ މާޅޮސްމަޑުލު ދެކުނުބުރީ ކެންދޫ ކައުންސިލްގެ އިދާރާއިން ކަނޑައަޅާ ތާރީޚެއްގައި މި އިދާރާއިން ކަނޑައަޅާ ތަނެއްގައެވެ. މިގޮތުން ކަނޑައެޅޭ ތަނާއި ތާރީޚް މި ވަޒީފާއަށް އެދޭ ފަރާތްތަކަށް މި އިދާރާ މެދުވެރިވެ އެންގޭނެއެވެ.
|
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ވަޒީފާއަށް އެދި ހުށަހަޅާފައިވާ ފޯމް.
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
|
|
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:
|
މި ވަޒީފާއަށް އެދޭ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމާއިއެކު، ހުށަހަޅަންޖެހޭ ލިއުންތައް، 23 އޯގަސްޓް 2026 ވާ އާދިއްތަ ދުވަހުގެ 14:00ގެ ކުރިން މާޅޮސްމަޑުލު ދެކުނުބުރީ ކެންދޫ ކައުންސިލްގެ އިދާރާއަށް ހުށަހެޅުން އެދެމެވެ.
|
|
އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ މި އިދާރާގެ ނަންބަރު: 6600004 ފޯނާއެވެ.
|