ދިވެހިރާއްޖެ
އިޢްލާން
ކުނި މެނޭޖް ކޮށްދޭނެ ފަރާތެއް ހޯދުން
ކިނބިދޫ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގައި ކުނި މެނޭޖް ކުރުމުގެ މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ. މިމަސައްކަތުގެ/ ޚިދުމަތް ފޯރުކޮށްދިނުމުގެ މުއްދަތަކީ މީލާދީ 1 އަހަރު ދުވަހެވެ.
|
ބީލަން ފޯމް ދޫކުރުން |
7725 700293 001 (1443 ރެވެނިއު 1) އަށް ފައިސާ ޖަމާކޮށް ފައިސާ ދެއްކި ސްލިޕްކޮޅު އިދާރާއަށް ހުށައަޅަން ވާނެއެވެ. |
|
މަސައްކަތުގެ އަގު |
މި މަސައްކަތަށް ހުށައެޅޭނެ އެންމެ ބޮޑު އަގަކީ -/29500ރ (ނަވާވިސްހާސް ފަސްސަތޭކަ ރުފިޔާ) އެވެ. |
|
ރަޖިސްޓަރީ ކުރުމަށް ހުށަހެޅުން |
ރަޖިސްޓަރީ ކުރުމަށް ހުށަހެޅޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫން (2014/18) ގެ ދަށުން ރަޖިސްޓަރީ ވެފައިވާ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފަރި ރަޖިސްޓަރީ ކުރުމުގެ ޤާނޫން (2014/19) ގެ ދަށުން ރަޖިސްޓަރީވެ ރަޖިސްޓަރީގެ މުއްދަތު ހަމަނުވާ ފަރާތްތަކެވެ. ބިޑް ހުށަހެޅުމުގައި ބައިވެރި ވެވޭނީ މީގެތެރެއިން ކޮންމެވެސް އެއް ޙައިސިއްޔަތަކުންނެވެ. |
|
ބީލަން އޮންނަންވާ ގޮތް |
|
|
މަޢްލޫމާތު ސާފުކޮށް ދިނުން |
އިތުރު މަޢްލޫމާތު ސާފުކުރުމަށް ބޭނުންފުޅުވާ ފަރާތްތަކަށް މަޢްލޫމާތު ސާފުކޮށް ދިނުމަށް ހަމަޖެހިފައިވަނީ ކޮޅުމަޑުލު ކިނބިދޫ ކައުންސިލް އިދާރާގެ އީ-މެއިލް [email protected] މެދުވެރިކޮށެވެ. |
|
ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުމުގެ ސުންގަޑި |
ތަން: ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމް ތާރީޚް: 19 އޮގަސްޓް 2026 ވާ ބުދަ ދުވަހުގެ 14:00 ބަދަލުގައި މީހަކު ފޮނުއްވާނަމަ: ހުށަހަޅާ ފަރާތުގެ އައިޑީ ކާޑްގެ ފޮޓޯކޮޕީ އާއި ސިޓީއެއް ފޮނުއްވަން ވާނެއެވެ. އަދި، ބީލަން ހުށަހަޅުއްވަންވާނީ ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައެވެ. |
މަސައްކަތުގެ ތަފްޞީލް:
- ރަށުގައި އުފެދޭ ކުނި މެނޭޖުކޮށް ބެލެހެއްޓުމުގެ އެންމެހާ މަސައްކަތްތައް ކުރުން.
- ގޭގެއިންނާއި، އެހެނިހެން އިދާރާތަކުންނާއި، އެފަދަ އެހެނިހެން ތަންތަނުންނާއި، ކައުންސިލުގެ ބެލުމުގެ ދަށުގައިވާ ތަންތަނުން ނަގަން ޖެހޭ ކުނި އުސޫލާ އެއްގޮތަށް ޤަވާއިދުން ނެގުން.
- ކާދު ހެދުމުގެ މަސައްކަތް ކުރުން.
- ކުނިކޮއްޓާއި ކުނިކޮށީގެ މަގުތައް ކުނިހަކައި ވިނަނޮޅާއި ސާފުކޮށް ބެލެހެއްޓުން.
- ކުނިމެނޭޖުކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދުތައް ކުނިކަހައި ވިނަނޮޅައި ސާފުކޮށް ބެލެހެއްޓުން.
- ކުނިމެނޭޖު ކުރުމުގައި ބޭނުންކުރާ މެޝިނަރީތަކާއި އެހެނިހެން އާލާތްތައް ކޮންމެ ދުވަހަކު ސާފު ކުރުމާއި ތެޔޮޖަހައި ބެލެހެއްޓުން.
- ކުނި އުފުލާނެ އުޅަނދު ހަމަޖެއްސުމާއި ކުނި އުފުލުން.
- މީގެ އިތުރުންވެސް ކުނި މެނޭޖްކުރުމާ ގުޅޭގޮތުން ކައުންސިލުން އަންގާ މަސައްކަތްތައް ކުރުން.
އަންދާސީ ހިސާބުތަކަށް ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ ގޮތް
- ހުށަހަޅާ އަގު %75 (އަގަށް ޕޮއިންޓް ދެވޭނީ އެއްމެ ކުޑައަގު/ ހުށަހެޅި އަގުގެ × 75)
- މަސައްކަތް ކުރުމަށް ބޭނުން ކުރާ މުވައްޒަފުންގެ ޢަދަދަށް (ކޮންމެ މުވައްޒަފަކަށް 2 ޕޮއިންޓް)
- ޕްރޮޕޯސަލް (ކުނިމެނޭޖް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެގޮތުގެ ޕްލޭން)
- މަސައްކަތުގެ ތަޖުރިބާ %5 (މިބަޔަށް ޕޮއިންޓް ލިބޭނީ މަސައްކަތް ކޮށްފައިވާ ކޮންމެ އަހަރަށް 1 ޕޮއިންޓްގެ އުސޫލުން، 2022 ވަނަ އަހަރުގެ ފަހުން ކޮށްފައިވާ، މަސައްކަތާ ގުޅުންހުރި މަސައްކަތްތަކަށެވެ.)
ބީލަމާއެކު ހުށަހަޅަންޖެހޭ ތަކެތި
- ބިޑް ހުށަހަޅާ ފޯމް
- އައި ޑީ ކާޑްގެ ދެފުށުގެ ސާފު ކޮޕީ
- ވިޔަފާރި ރަޖިސްޓަރީގެ ކޮޕީ
28 ޞަފަރު 1448 ހ
