ބީލަން
ނަންބަރު: (IUL)393/393/2026/50
ޕަބްލިޝްކުރި ތާރީޚް: 11 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 13:51
ސުންގަޑި: 19 އޮގަސްޓް 2026 10:00
ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުނި މެނޭޖް ކޮށްދޭނެ ފަރާތެއް ހޯދުމާ ގުޅޭ

އިޢްލާން

ކުނި މެނޭޖް ކޮށްދޭނެ ފަރާތެއް ހޯދުން

           ކިނބިދޫ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގައި ކުނި މެނޭޖް ކުރުމުގެ މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ. މިމަސައްކަތުގެ/ ޚިދުމަތް ފޯރުކޮށްދިނުމުގެ މުއްދަތަކީ މީލާދީ 1 އަހަރު ދުވަހެވެ.

 

ބީލަން ފޯމް ދޫކުރުން

  1. ބީލަން ފޯމް ވިއްކުމަށް ހަމަޖެހިފައިވަނީ 12 އޮގަސްޓް 2026 ން ފެށިގެން 19 އޮގަސްޓް 2026 ވާ ބުދަ ދުވަހުގެ 10:00 ގެ ނިޔަލަށެވެ. 
  2. ބީލަން ފޯމެއްގެ އަގަކީ -/150 (އެއްސަތޭކަ ފަންސާސް) ރުފިޔާ އެވެ.
  3.  ބީލަން ފޯމް ލިބޭނީ މި އިދާރާގެ ކައުންޓަރުންނާއި މި އިދާރާގެ ވެބްސައިޓުންނެވެ.
  4. ބީލަން ފޯމް ބަލައިގަނެވޭނީ މިއިދާރާއަށް ދުރުވެ ފައިސާ ދެއްކުމުން ނުވަތަ މިއިދާރާގެ އެކައުންޓް ނަމްބަރ

7725 700293 001 (1443 ރެވެނިއު 1) އަށް ފައިސާ ޖަމާކޮށް ފައިސާ ދެއްކި ސްލިޕްކޮޅު އިދާރާއަށް ހުށައަޅަން ވާނެއެވެ.

މަސައްކަތުގެ އަގު

މި މަސައްކަތަށް ހުށައެޅޭނެ އެންމެ ބޮޑު އަގަކީ -/29500ރ (ނަވާވިސްހާސް ފަސްސަތޭކަ ރުފިޔާ) އެވެ.

ރަޖިސްޓަރީ ކުރުމަށް ހުށަހެޅުން

ރަޖިސްޓަރީ ކުރުމަށް ހުށަހެޅޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫން (2014/18) ގެ ދަށުން ރަޖިސްޓަރީ ވެފައިވާ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފަރި ރަޖިސްޓަރީ ކުރުމުގެ ޤާނޫން (2014/19) ގެ ދަށުން ރަޖިސްޓަރީވެ ރަޖިސްޓަރީގެ މުއްދަތު ހަމަނުވާ ފަރާތްތަކެވެ. ބިޑް ހުށަހެޅުމުގައި ބައިވެރި ވެވޭނީ  މީގެތެރެއިން ކޮންމެވެސް އެއް ޙައިސިއްޔަތަކުންނެވެ.

ބީލަން އޮންނަންވާ ގޮތް

  1. ބީލަމަށް ކުރިމަތިލާ ކޮންމެ ފަރާތަކަށްވެސް ހުށައެޅޭނީ 1 (އެކެއް) ބީލަމެވެ.
  2. ބީލަން ހުށައަޅާނީ އިޢުލާނާއެކު އާއްމުކޮށްފައިވާ "ބީލަން ހުށައަޅާ ފޯމު" ންނެވެ.
  3. ބީލަން ހުށައަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. އަދި ސިޓީ އުރައިގެ ބޭރުގައި އިޢުލާނު ނަންބަރާއި މިއީ ކޮން ކަމަކަށް ހުށައެޅޭ ބީލަމެއްކަން ލިޔެފައި އޮންނަންވާނެއެވެ.

 

މަޢްލޫމާތު ސާފުކޮށް ދިނުން

އިތުރު މަޢްލޫމާތު ސާފުކުރުމަށް ބޭނުންފުޅުވާ ފަރާތްތަކަށް މަޢްލޫމާތު ސާފުކޮށް ދިނުމަށް ހަމަޖެހިފައިވަނީ ކޮޅުމަޑުލު ކިނބިދޫ ކައުންސިލް އިދާރާގެ އީ-މެއިލް [email protected] މެދުވެރިކޮށެވެ.

ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުމުގެ ސުންގަޑި

ތަން: ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމް

ތާރީޚް: 19 އޮގަސްޓް 2026 ވާ  ބުދަ ދުވަހުގެ  14:00

ބަދަލުގައި މީހަކު ފޮނުއްވާނަމަ: ހުށަހަޅާ ފަރާތުގެ އައިޑީ ކާޑްގެ ފޮޓޯކޮޕީ އާއި ސިޓީއެއް ފޮނުއްވަން ވާނެއެވެ. އަދި، ބީލަން ހުށަހަޅުއްވަންވާނީ ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައެވެ.

 

މަސައްކަތުގެ ތަފްޞީލް:

  1. ރަށުގައި އުފެދޭ ކުނި މެނޭޖުކޮށް ބެލެހެއްޓުމުގެ އެންމެހާ މަސައްކަތްތައް ކުރުން.
  2. ގޭގެއިންނާއި، އެހެނިހެން އިދާރާތަކުންނާއި، އެފަދަ އެހެނިހެން ތަންތަނުންނާއި، ކައުންސިލުގެ ބެލުމުގެ ދަށުގައިވާ ތަންތަނުން ނަގަން ޖެހޭ ކުނި އުސޫލާ އެއްގޮތަށް ޤަވާއިދުން ނެގުން.
  3. ކާދު ހެދުމުގެ މަސައްކަތް ކުރުން.
  4. ކުނިކޮއްޓާއި ކުނިކޮށީގެ މަގުތައް ކުނިހަކައި ވިނަނޮޅާއި ސާފުކޮށް ބެލެހެއްޓުން.
  5. ކުނިމެނޭޖުކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދުތައް ކުނިކަހައި ވިނަނޮޅައި ސާފުކޮށް ބެލެހެއްޓުން.
  6. ކުނިމެނޭޖު ކުރުމުގައި ބޭނުންކުރާ މެޝިނަރީތަކާއި އެހެނިހެން އާލާތްތައް ކޮންމެ ދުވަހަކު ސާފު ކުރުމާއި ތެޔޮޖަހައި ބެލެހެއްޓުން.
  7. ކުނި އުފުލާނެ އުޅަނދު ހަމަޖެއްސުމާއި ކުނި އުފުލުން.
  8. މީގެ އިތުރުންވެސް ކުނި މެނޭޖްކުރުމާ ގުޅޭގޮތުން ކައުންސިލުން އަންގާ މަސައްކަތްތައް ކުރުން.

އަންދާސީ ހިސާބުތަކަށް ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ ގޮތް

  1. ހުށަހަޅާ އަގު %75 (އަގަށް ޕޮއިންޓް ދެވޭނީ އެއްމެ ކުޑައަގު/ ހުށަހެޅި އަގުގެ × 75)
  2. މަސައްކަތް ކުރުމަށް ބޭނުން ކުރާ މުވައްޒަފުންގެ ޢަދަދަށް (ކޮންމެ މުވައްޒަފަކަށް 2 ޕޮއިންޓް)
  3. ޕްރޮޕޯސަލް (ކުނިމެނޭޖް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެގޮތުގެ ޕްލޭން)
  4. މަސައްކަތުގެ ތަޖުރިބާ %5 (މިބަޔަށް ޕޮއިންޓް ލިބޭނީ މަސައްކަތް ކޮށްފައިވާ ކޮންމެ އަހަރަށް 1 ޕޮއިންޓްގެ އުސޫލުން، 2022 ވަނަ އަހަރުގެ ފަހުން ކޮށްފައިވާ، މަސައްކަތާ ގުޅުންހުރި މަސައްކަތްތަކަށެވެ.)

 

ބީލަމާއެކު ހުށަހަޅަންޖެހޭ ތަކެތި

  1. ބިޑް ހުށަހަޅާ ފޯމް
  2. އައި ޑީ ކާޑްގެ ދެފުށުގެ ސާފު ކޮޕީ
  3. ވިޔަފާރި ރަޖިސްޓަރީގެ ކޮޕީ

 

                  28  ޞަފަރު  1448 ހ

11 އޮގަސްޓް 2026