ދިވެހިރާއްޖެ
އދ.މަންދޫ ކައުންސިލްގެ ފުރަތަމަ މަދަހަ މުބާރާތުގެ ފަނޑިޔާރުކަން ކޮށްދިނުމަށްޓަކައި ގެނައުމަށް ހަމަޖެހިފައިވާ 3 (ތިނެއް) ޖަޖުންނާއި ދަތުރުގެ ބައިވެރިން ހިމެނޭހެން ޖުމްލަ 4 (ހަތަރެއް) ބޭފުޅުންގެ ކެއުން ހަމަޖައްސައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މިމުބާރާތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ 25 އޮގަސްޓް 2026 ގައެވެ. އެހެންކަމުން މިކަން ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން، ކާންދޭނެ ތަނުގެ ނަމާއި އަދި މީހަކަށް ދުވާލަކަށް (04 ވޭލާއަށް - ހެނދުނު ސައި، މެންދުރު ކެއުން، ހަވީރު ސައި އަދި ރޭގަނޑު ކެއުން) ދޭނެ އަގު ބަޔާންކޮށް ސިޓީއަކުން ނުވަތަ ކޯޓޭޝަންއަކުން މިކައުންސިލަށް ނުވަތަ މިކައުންސިލުގެ އީމެއިލް އެޑްރެސް: [email protected] އަށް 18 އޮގަސްޓް 2026 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން އަންގަވައިދެއްވުން އެދެމެވެ.
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރަމެވެ.
