ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)351/351/2026/38
ޕަބްލިޝްކުރި ތާރީޚް: 11 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 10:13
ސުންގަޑި: 18 އޮގަސްޓް 2026 12:00
އަރިއަތޮޅު ދެކުނުބުރީ މަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައްކާ ކާންދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

އދ.މަންދޫ ކައުންސިލްގެ ފުރަތަމަ މަދަހަ މުބާރާތުގެ ފަނޑިޔާރުކަން ކޮށްދިނުމަށްޓަކައި ގެނައުމަށް ހަމަޖެހިފައިވާ 3 (ތިނެއް) ޖަޖުންނާއި ދަތުރުގެ ބައިވެރިން ހިމެނޭހެން ޖުމްލަ 4 (ހަތަރެއް) ބޭފުޅުންގެ ކެއުން ހަމަޖައްސައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މިމުބާރާތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ 25 އޮގަސްޓް 2026 ގައެވެ. އެހެންކަމުން މިކަން ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން، ކާންދޭނެ ތަނުގެ ނަމާއި އަދި މީހަކަށް ދުވާލަކަށް (04 ވޭލާއަށް - ހެނދުނު ސައި، މެންދުރު ކެއުން، ހަވީރު ސައި އަދި ރޭގަނޑު ކެއުން) ދޭނެ އަގު ބަޔާންކޮށް ސިޓީއަކުން ނުވަތަ ކޯޓޭޝަންއަކުން މިކައުންސިލަށް ނުވަތަ މިކައުންސިލުގެ އީމެއިލް އެޑްރެސް: [email protected] އަށް  18 އޮގަސްޓް 2026 ވާ އަންގާރަ  ދުވަހުގެ 12:00 ގެ ކުރިން އަންގަވައިދެއްވުން އެދެމެވެ.

          ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރަމެވެ.

11 އޮގަސްޓް 2026