މިލަދުންމަޑުލު އުތުރުބުރީ މާއުނގޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކައުންސިލްގެ އިންޓަރންޝިޕް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުން
މިކައުންސިލުގެ ނަމްބަރ 2026/U-04 (ކައުންސިލުގެ އިންޓަރންޝިޕް ޕްރޮގްރާމް ހިންގުމުގެ އުސޫލު) ގެ ދަށުން އިންޓަރންޝިޕް ގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލަމެވެ.
މިއުސޫލުގެ ދަށުން އިންޓަރންޝިޕް ފުރިހަމަ ކުރުމަށް ބޭނުންވާ ފަރާތްތަކުން 17 އޮގަސްޓް 2026 ވަނަ ދުވަހުގެ 13:00 ގެ ކުރިން ފޯމް ފުރިހަމަ ކުރައްވައި ހުށައެޅުމަށް ދަންނަވަމެވެ. ފޯމް މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި ޢިއުލާން ކުރީމެވެ.
09 އޮގަސްޓް 2026
ހޯދާ
