ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)282/282/2026/34
ޕަބްލިޝްކުރި ތާރީޚް: 09 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 11:38
ސުންގަޑި: 17 އޮގަސްޓް 2026 13:00
މިލަދުންމަޑުލު އުތުރުބުރީ މާއުނގޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލްގެ އިންޓަރންޝިޕް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުން

މިކައުންސިލުގެ ނަމްބަރ 2026/U-04 (ކައުންސިލުގެ އިންޓަރންޝިޕް ޕްރޮގްރާމް ހިންގުމުގެ އުސޫލު) ގެ ދަށުން އިންޓަރންޝިޕް ގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލަމެވެ.

                   މިއުސޫލުގެ ދަށުން އިންޓަރންޝިޕް ފުރިހަމަ ކުރުމަށް ބޭނުންވާ ފަރާތްތަކުން 17 އޮގަސްޓް 2026 ވަނަ ދުވަހުގެ 13:00 ގެ ކުރިން ފޯމް ފުރިހަމަ ކުރައްވައި ހުށައެޅުމަށް ދަންނަވަމެވެ. ފޯމް މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

                            މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި ޢިއުލާން ކުރީމެވެ.

09 އޮގަސްޓް 2026