އިޢުލާން
ވަޒީފާގެ ފުރުޞަތު:
|
މަޤާމު:
|
ކޮމްޕިޔުޓަރ ޓެކްނީޝަން
|
މަޤާމުގެ ރޭންކް:
|
ޖީ. އެސް. 2
|
ބޭނުންވާ އަދަދު:
|
1 (އެކެއް)
|
ވަޒީފާ އަދާކުރަންޖެހޭ ތަން:
|
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް، މާލެ، ދިވެހިރާއްޖެ.
|
ޑިޕާޓްމަންޓް:
|
އިދާރީ ހިންގުމާއި ފައިސާއާބެހޭ / އައިޓީ ޔުނިޓު
|
ފެންވަރު ނުވަތަ ޝަރުޠު:
|
- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ދަށްވެގެން ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުން. އަދި،
- ސާނަވީ އިމްތިޙާނުގެ "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ހާސިލުކޮށްފައިވުމާއެކު، ޖީ. ސީ. އީ. އޯލެވެލް އިމްތިޙާނުގެ "އިނގިރޭސި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ހާސިލުކޮށްފައިވުމާއެކު، މަޤާމާ ގުޅޭ މަސައްކަތުގެ ދާއިރާއިން 1 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
- ސާނަވީ ތަޢުލީމު ފުރިހަމަކުރުމަށްފަހު، މަޤާމާ ގުޅޭ މަސައްކަތުގެ ދާއިރާއެއްގައި 3 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.
|
މައިގަނޑު މަސްއޫލިއްޔަތު:
|
- އޮފީސް ހިންގުމަށް ބޭނުންވާ އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާގެ މަސައްކަތްތައް ރާވައި ހިންގުމާއި އެހީތެރިވުން.
- އޮފީހުގެ ކޮންޕިޔުޓަރުތަކަށާއި ނެޓްވޯރކަށް ދިމާވާ މައްސަލަތައް ޙައްލުކޮށްދިނުމާއި، ޙައްލުނުކުރެވޭ ފަދަ ކަމެއްނަމަ، ސަރުކާރުގެ ގަވާއިދާ އެއްގޮތްވާގޮތުގެމަތިން ވެރިއެއްގެ އިރުޝާދުގެމަތިން މައްސަލަ ޙައްލުކުރުން.
- އޮފީހުގެ އެތެރޭގެ ވިޔުގަތަކާއި، ސަރވަރއާއި އެހެނިހެން ވިޔުގަތައް ބެލެހެއްޓުމާއި ކުރިމަތިވާ މައްސަލަތައް ޙައްލުކުރުން.
- ކޮންޕިޔުޓަރުތަކުގައި ސޮފްޓްވެއަރއަށް ދިމާވާ މައްސަލަ ޙައްލުކުރުމާއި، ސޮފްޓްވެއަރ އަޅައި، އެ ބޭނުންކުރާނޭގޮތުގެ އިރުޝާދު މުވައްޒަފުންނަށްދީ، މުވައްޒަފުން ތަމްރީން ކުރުން.
- އޮފީހުގެ ކޮންޕިޔުޓަރުތަކަށް ބޭނުންވާ އެންޓިވައިރަހާއި އެހެނިހެން ސޮފްޓްވެއަރ އަޅައިދީ އާކޮށް ބެލެހެއްޓުން.
|
އުޖޫރައާއި އިނާޔަތްތައް:
|
- އަސާސީ މުސާރަ: (މަހަކު) -/7،000 ރުފިޔާ.
- ސަރވިސް އެލަވަންސް: (މަހަކު): -/3،000 ރުފިޔާ
- ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ
|
މި މަޤާމުތަކަށް މީހުން ހޮވުމުގައި ބަލާނެ އިތުރުކަންތައްތައް:
|
- މަސައްކަތުގައި ގިނަވަގުތު އުޅެވޭނެ މިންވަރާއި، ވަގުތަށް ކަމޭހިތާ މިންވަރު.
- ދިވެހިބަހުގެ ފެންވަރާއި އިނގިރޭސިބަހުގެ ފެންވަރު.
- މީހުންނާ އަދަބުވެރިކޮށް މުޢާމަލާތުކުރަން އެނގޭ މިންވަރު.
- ކޮމްޕިޔުޓަރަށް އަހުލުވެރިވެފައިވާ މިންވަރު.
- ވަޒީފާއާބެހޭ ޤާނޫނަށާއި އެހެނިހެން ޤާނޫނުތަކަށް އަހުލުވެރިވެފައިވާ މިންވަރު.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ވަޒީފާއަށް އެދޭ ފޯމު (ފުރިހަމަކޮށްފައި)
- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު (އަޞްލާ އެއްގޮތްކަމަށް ތައްގަނޑުޖަހައިފައި)
- ވަނަވަރު / އައި.ޑީ ކާޑުގެ ކޮޕީ /ސްކޫލް ލީވިންގ ސެޓުފިކެޓު/ ތަޖުރިބާގެ ލިޔުން
|
ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވާ ގަޑިއާއި ތަން:
|
2016 ފެބުރުވަރީ 14 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން، ތިރީގައިވާ އެޑްރެހަށް.
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް، ގ. ބިއްލޫރިޖެހިގެ، މާލެ، ދިވެހިރާއްޖެ.
|
އިންޓަވިއު:
|
- މި މަޤާމަށް އިންޓަވިއު ކުރެވޭނީ މަޤާމުގެ ޝަރުޠު ހަމަވާ، ތަޢުލީމީ ފެންވަރު އެންމެ މަތީ 10 ފަރާތަކާއެވެ.
- ޝޯޓްލިސްޓު ކުރެވޭ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކަށް ފޯނުން ގުޅައި އެކަން އެންގޭނެއެވެ.
- އިޢުލާނުގެ މުއްދަތު ހަމަވާތާ ދެހަފުތާއެއްގެ ތެރޭގައި މަޤާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަވިއުތައް ކުރިޔަށް ގެންދެވޭނެއެވެ.
|
އިތުރު މަޢުލޫމާތު:
|
މަޢުލޫމާތު ހޯދުމަށް ގުޅާނީ، 3010990 ނަންބަރު ފޯނާއެވެ.
|
ނޯޓު:
|
ވަޒީފާއަށް އެދޭ ފޯމު މި އޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އޮފީހުގެ www.icom.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ވެސް ކުރެވޭނެއެވެ.
|