ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)460-AD/460/2016/02
ޕަބްލިޝްކުރި ތާރީޚް: 08 ފެބުރުވަރީ 2016
ޕަބްލިޝްކުރި ގަޑި: 13:17
ސުންގަޑި: 14 ފެބުރުވަރީ 2016 14:00
އިންފޮރމޭޝަން ކޮމިޝަނަރުގެ އޮފީސް
ދިވެހިރާއްޖެ
ކޮމްޕިޔުޓަރ ޓެކްނީޝަން

މަޤާމް :ކޮމްޕިޔުޓަރ ޓެކްނީޝަން
ބޭނުންވާ އަދަދު :1

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމު:

ކޮމްޕިޔުޓަރ ޓެކްނީޝަން

މަޤާމުގެ ރޭންކް:

ޖީ. އެސް. 2

ބޭނުންވާ އަދަދު:

1 (އެކެއް)

ވަޒީފާ އަދާކުރަންޖެހޭ ތަން:

 އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް، މާލެ، ދިވެހިރާއްޖެ.

ޑިޕާޓްމަންޓް:

 އިދާރީ ހިންގުމާއި ފައިސާއާބެހޭ / އައިޓީ ޔުނިޓު

 

 

ފެންވަރު ނުވަތަ ޝަރުޠު:

  1. މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ދަށްވެގެން ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުން. އަދި،
  2. ސާނަވީ އިމްތިޙާނުގެ "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ހާސިލުކޮށްފައިވުމާއެކު، ޖީ. ސީ. އީ. އޯލެވެލް އިމްތިޙާނުގެ "އިނގިރޭސި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ހާސިލުކޮށްފައިވުމާއެކު، މަޤާމާ ގުޅޭ މަސައްކަތުގެ ދާއިރާއިން 1 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  3. ސާނަވީ ތަޢުލީމު ފުރިހަމަކުރުމަށްފަހު، މަޤާމާ ގުޅޭ މަސައްކަތުގެ ދާއިރާއެއްގައި 3 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 

 

މައިގަނޑު މަސްއޫލިއްޔަތު:

  1. އޮފީސް ހިންގުމަށް ބޭނުންވާ އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާގެ މަސައްކަތްތައް ރާވައި ހިންގުމާއި އެހީތެރިވުން.
  1. އޮފީހުގެ ކޮންޕިޔުޓަރުތަކަށާއި ނެޓްވޯރކަށް ދިމާވާ މައްސަލަތައް ޙައްލުކޮށްދިނުމާއި، ޙައްލުނުކުރެވޭ ފަދަ ކަމެއްނަމަ، ސަރުކާރުގެ ގަވާއިދާ އެއްގޮތްވާގޮތުގެމަތިން ވެރިއެއްގެ އިރުޝާދުގެމަތިން މައްސަލަ ޙައްލުކުރުން.
  2. އޮފީހުގެ އެތެރޭގެ ވިޔުގަތަކާއި، ސަރވަރއާއި އެހެނިހެން ވިޔުގަތައް ބެލެހެއްޓުމާއި ކުރިމަތިވާ މައްސަލަތައް ޙައްލުކުރުން.
  3. ކޮންޕިޔުޓަރުތަކުގައި ސޮފްޓްވެއަރއަށް ދިމާވާ މައްސަލަ ޙައްލުކުރުމާއި، ސޮފްޓްވެއަރ އަޅައި، އެ ބޭނުންކުރާނޭގޮތުގެ އިރުޝާދު މުވައްޒަފުންނަށްދީ، މުވައްޒަފުން ތަމްރީން ކުރުން.
  4. އޮފީހުގެ ކޮންޕިޔުޓަރުތަކަށް ބޭނުންވާ އެންޓިވައިރަހާއި އެހެނިހެން ސޮފްޓްވެއަރ އަޅައިދީ އާކޮށް ބެލެހެއްޓުން.

 

އުޖޫރައާއި އިނާޔަތްތައް:

- އަސާސީ މުސާރަ: (މަހަކު) -/7،000 ރުފިޔާ.

- ސަރވިސް އެލަވަންސް: (މަހަކު): -/3،000 ރުފިޔާ

- ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

 

މި މަޤާމުތަކަށް މީހުން ހޮވުމުގައި ބަލާނެ އިތުރުކަންތައްތައް:

- މަސައްކަތުގައި ގިނަވަގުތު އުޅެވޭނެ މިންވަރާއި، ވަގުތަށް ކަމޭހިތާ މިންވަރު.

- ދިވެހިބަހުގެ ފެންވަރާއި އިނގިރޭސިބަހުގެ ފެންވަރު.

- މީހުންނާ އަދަބުވެރިކޮށް މުޢާމަލާތުކުރަން އެނގޭ މިންވަރު.

- ކޮމްޕިޔުޓަރަށް އަހުލުވެރިވެފައިވާ މިންވަރު.

- ވަޒީފާއާބެހޭ ޤާނޫނަށާއި އެހެނިހެން ޤާނޫނުތަކަށް އަހުލުވެރިވެފައިވާ މިންވަރު.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

- ވަޒީފާއަށް އެދޭ ފޯމު (ފުރިހަމަކޮށްފައި)

- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު (އަޞްލާ އެއްގޮތްކަމަށް ތައްގަނޑުޖަހައިފައި)

- ވަނަވަރު / އައި.ޑީ ކާޑުގެ ކޮޕީ /ސްކޫލް ލީވިންގ ސެޓުފިކެޓު/ ތަޖުރިބާގެ ލިޔުން

ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވާ ގަޑިއާއި ތަން:

2016 ފެބުރުވަރީ 14 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން، ތިރީގައިވާ އެޑްރެހަށް.

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް، ގ. ބިއްލޫރިޖެހިގެ، މާލެ، ދިވެހިރާއްޖެ.

 

އިންޓަވިއު:

- މި މަޤާމަށް އިންޓަވިއު ކުރެވޭނީ މަޤާމުގެ ޝަރުޠު ހަމަވާ، ތަޢުލީމީ ފެންވަރު އެންމެ މަތީ 10 ފަރާތަކާއެވެ.

- ޝޯޓްލިސްޓު ކުރެވޭ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކަށް ފޯނުން ގުޅައި އެކަން އެންގޭނެއެވެ. 

- އިޢުލާނުގެ މުއްދަތު ހަމަވާތާ ދެހަފުތާއެއްގެ ތެރޭގައި މަޤާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަވިއުތައް ކުރިޔަށް ގެންދެވޭނެއެވެ.  

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯދުމަށް ގުޅާނީ، 3010990 ނަންބަރު ފޯނާއެވެ.

ނޯޓު:

ވަޒީފާއަށް އެދޭ ފޯމު މި އޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އޮފީހުގެ www.icom.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ވެސް ކުރެވޭނެއެވެ.

29  ރަބީޢުލްއާޚިރު 1437

08 ފެބުރުވަރީ 2016