މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދި މެންގްރޫވް އައިލެންޑް ވޮލީބޯލް ޓޯރނަމެންޓް 2026 ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން

ނ. ކެނދިކުޅުދޫ ކައުންސިލުން އިންތިޒާމު ކޮށްގެން 2024 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ކުރިޔަށް ގެންދާ، "ދި މެންގްރޫވް އައިލެންޑް ވޮލީބޯލް ޓޯރނަމެންޓް 2026"، މިއަހަރު ސެޕްޓެންބަރު 1 ވަނަ ދުވަހު ފެށުމަށް ވަނީ ހަމަ ޖެހިފައެވެ. މިމުބާރާތަކީ ކެނދިކުޅުދޫގެ ޓީމުތަކަށް ހާއްސަކޮށްގެން ކުރިޔަށް ގެންދާ މުބާރާތެކެވެ.

މިމުބާރާތް ކުރިޔަށް ދާނީ ފިރިހެން އަދި އަންހެން 2 ޑިވިޜަން ވަކިންނެވެ. މިބުރާތާތް ކުރިޔަށްދާނީ ކޮންމެ ޑިވިޜަނަކުންވެސް 4 ޓީމް ބައިވެރިވެފައިވާނަމައެވެ. އެއަށްވުރެ މަދުން ބައިވެރިވެފައިވާނަމަ، އެޑިވިޜަނެއްގެ މުބާރާތް ކެންސަލް ވެގެންދާނެއެވެ.

ރަޖިސްޓްރޭޝަން ފޯމް ލިންކް: https://forms.gle/ozTwTCJ8CWhUgd1i7

މުބާރާތުގެ ޤަވާއިދުގެ ގެޒެޓް ލިންކް: https://www.gazette.gov.mv/iulaan/403594

މުބާރާތުގައި ބައިވެރިވާން ބޭނުންވާ ޓީމުތަކުން 13 އޯގަސްޓް 2026 ގެ 14:00 ގެ ކުރިން މަތީގައިވާ އޮންލައިން ފޯމް މެދުވެރިކޮށް ރަޖިސްޓްރީވުން އެދެމެވެ.

"ދި މެންގްރޫވް އައިލެންޑް ވޮލީބޯލް ޓޯރނަމެންޓް 2026" ސްޕޮންސަރ ކުރަން ބޭނުންވާ ފަރާތްތަކަށް ސްޕޮންސަރ ހުށަހެޅުމުގެ ފުރުސަތުވެސް އޮންނާނެއެވެ. ސްޕޮންސަރ ކުރެއްވުމަށް ބޭނުންވާ ފަރާތްތަކުން ކެނދިކުޅުދޫ ކައުންސިލްގެ ސްޕޯޓްސް މެއިލް ([email protected]) މެދުވެރިކޮށް ޝައުގުވެރިކަން ފާޅުކުރެއްވުމަށް ދަންނަވަމެވެ. އިތުރު މަޢުލޫމާތު ހޯދުމަށާއި މަޢުލޫމާތު ޙިއްސާކުރުމަށް އެސޯސިއޭޓް ކައުންސިލް އޮފިސަރ ޙުސައިން ޞަލާޙް (9899877) އަށް ގުޅުއްވުން އެދެމެވެ.

ވީމާ މިކަން އާންމުކޮށް އަންގާ އިޢުލާނުކުރީމެވެ.

22 ސަފަރު 1448

05 އޮގަސްޓް 2026
ހޯދާ