ދިވެހިރާއްޖެ
ނ. ކެނދިކުޅުދޫ ކައުންސިލުން އިންތިޒާމު ކޮށްގެން 2024 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ކުރިޔަށް ގެންދާ، "ދި މެންގްރޫވް އައިލެންޑް ވޮލީބޯލް ޓޯރނަމެންޓް 2026"، މިއަހަރު ސެޕްޓެންބަރު 1 ވަނަ ދުވަހު ފެށުމަށް ވަނީ ހަމަ ޖެހިފައެވެ. މިމުބާރާތަކީ ކެނދިކުޅުދޫގެ ޓީމުތަކަށް ހާއްސަކޮށްގެން ކުރިޔަށް ގެންދާ މުބާރާތެކެވެ.
މިމުބާރާތް ކުރިޔަށް ދާނީ ފިރިހެން އަދި އަންހެން 2 ޑިވިޜަން ވަކިންނެވެ. މިބުރާތާތް ކުރިޔަށްދާނީ ކޮންމެ ޑިވިޜަނަކުންވެސް 4 ޓީމް ބައިވެރިވެފައިވާނަމައެވެ. އެއަށްވުރެ މަދުން ބައިވެރިވެފައިވާނަމަ، އެޑިވިޜަނެއްގެ މުބާރާތް ކެންސަލް ވެގެންދާނެއެވެ.
ރަޖިސްޓްރޭޝަން ފޯމް ލިންކް: https://forms.gle/ozTwTCJ8CWhUgd1i7
މުބާރާތުގެ ޤަވާއިދުގެ ގެޒެޓް ލިންކް: https://www.gazette.gov.mv/iulaan/403594
މުބާރާތުގައި ބައިވެރިވާން ބޭނުންވާ ޓީމުތަކުން 13 އޯގަސްޓް 2026 ގެ 14:00 ގެ ކުރިން މަތީގައިވާ އޮންލައިން ފޯމް މެދުވެރިކޮށް ރަޖިސްޓްރީވުން އެދެމެވެ.
"ދި މެންގްރޫވް އައިލެންޑް ވޮލީބޯލް ޓޯރނަމެންޓް 2026" ސްޕޮންސަރ ކުރަން ބޭނުންވާ ފަރާތްތަކަށް ސްޕޮންސަރ ހުށަހެޅުމުގެ ފުރުސަތުވެސް އޮންނާނެއެވެ. ސްޕޮންސަރ ކުރެއްވުމަށް ބޭނުންވާ ފަރާތްތަކުން ކެނދިކުޅުދޫ ކައުންސިލްގެ ސްޕޯޓްސް މެއިލް ([email protected]) މެދުވެރިކޮށް ޝައުގުވެރިކަން ފާޅުކުރެއްވުމަށް ދަންނަވަމެވެ. އިތުރު މަޢުލޫމާތު ހޯދުމަށާއި މަޢުލޫމާތު ޙިއްސާކުރުމަށް އެސޯސިއޭޓް ކައުންސިލް އޮފިސަރ ޙުސައިން ޞަލާޙް (9899877) އަށް ގުޅުއްވުން އެދެމެވެ.
ވީމާ މިކަން އާންމުކޮށް އަންގާ އިޢުލާނުކުރީމެވެ.
22 ސަފަރު 1448