ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހދ.ކުމުންދޫގައި ޕްރީސްކޫލް ހިންގައިދޭނެ ފަރާތެއް ހޯދުން

ހދ.ކުމުންދޫގައި ޕްރީސްކޫލް ހިންގައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މިމަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެމަތީން މަޢުލޫމާތު ސާފުކުރައްވާ ޕްރޮޕޯސަލް ހުށަހެޅުއްވުންއެދެމެވެ.

ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން 13 އޯގަސްޓު 2026 ވާ ބުރާސްފަތި ދުވަހުގެ 10:00 ގެ ކުރިން އޮންލައިންކޮށް ތިރީގައިވާ ލިންކުން ފޯމް ހުށަހަޅާ ރަޖިސްޓްރީވުމަށް އެދެމެވެ. މިމަސައްކަތާގުޅޭ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާކަމުގައި ދަންނަވަމެވެ.

ލިންކް: https://tinyurl.com/5cnfab29

ތަފްސީލް

ތާރީޚް

ގަޑި

ސުވާލެއްވާނަމަ އީމެއިލް ކުރައްވަންވީ ސުންގަޑި

އީމެއިލް: [email protected]

13 އޯގަސްޓް 2026 (ބުރާސްފަތި)

10:00

ރަޖިސްޓަރ ވުމުގެ ސުން ގަޑި

13 އޯގަސްޓް 2026 (ބުރާސްފަތި)

10:00

ޕްރޮޕޯސަލް ހުށަހެޅުން

18 އޯގަސްޓް 2026 (އަންގާރަ)

13:00

ޕްރޮޕޯސަލް ހުށަހެޅުން އޮންނާނީ ހދ.ކުމުންދޫ ކައުންސިލުގެ އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ޕްރޮޕޯސަލް ހުށަހެޅުމުގައި ބައިވެރިވެވޭނީ ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅުއްވެވޭނީ އެއް ޕްރޮޕޯސަލް އެވެ. ޕްރޮޕޯސަލް ހުށަހެޅުއްވެވޭނީ ބީލަން ފޮތުގެ ސެކްޝަން 2 ގެ 2.1 ގައި ބަޔާންކޮށްފައިވާ ޕްރޮޕޯސަލަށް ކުރިމަތިލެވޭނެ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.     

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

 

05 އޮގަސްޓް 2026
ހޯދާ