ދިވެހިރާއްޖެ
ހދ.ކުމުންދޫގައި ޕްރީސްކޫލް ހިންގައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މިމަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެމަތީން މަޢުލޫމާތު ސާފުކުރައްވާ ޕްރޮޕޯސަލް ހުށަހެޅުއްވުންއެދެމެވެ.
ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން 13 އޯގަސްޓު 2026 ވާ ބުރާސްފަތި ދުވަހުގެ 10:00 ގެ ކުރިން އޮންލައިންކޮށް ތިރީގައިވާ ލިންކުން ފޯމް ހުށަހަޅާ ރަޖިސްޓްރީވުމަށް އެދެމެވެ. މިމަސައްކަތާގުޅޭ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާކަމުގައި ދަންނަވަމެވެ.
ލިންކް: https://tinyurl.com/5cnfab29
|
ތަފްސީލް |
ތާރީޚް |
ގަޑި |
|
ސުވާލެއްވާނަމަ އީމެއިލް ކުރައްވަންވީ ސުންގަޑި އީމެއިލް: [email protected] |
13 އޯގަސްޓް 2026 (ބުރާސްފަތި) |
10:00 |
|
ރަޖިސްޓަރ ވުމުގެ ސުން ގަޑި |
13 އޯގަސްޓް 2026 (ބުރާސްފަތި) |
10:00 |
|
ޕްރޮޕޯސަލް ހުށަހެޅުން |
18 އޯގަސްޓް 2026 (އަންގާރަ) |
13:00 |
ޕްރޮޕޯސަލް ހުށަހެޅުން އޮންނާނީ ހދ.ކުމުންދޫ ކައުންސިލުގެ އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ޕްރޮޕޯސަލް ހުށަހެޅުމުގައި ބައިވެރިވެވޭނީ ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅުއްވެވޭނީ އެއް ޕްރޮޕޯސަލް އެވެ. ޕްރޮޕޯސަލް ހުށަހެޅުއްވެވޭނީ ބީލަން ފޮތުގެ ސެކްޝަން 2 ގެ 2.1 ގައި ބަޔާންކޮށްފައިވާ ޕްރޮޕޯސަލަށް ކުރިމަތިލެވޭނެ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.