ކޮޅުމަޑުލު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސެޓްފިކެޓް 3 އިން އޮފީސް އެޑްމިނިސްޓްރޭޝަން ކޯހުގައި ކިޔަވައިދެއްވުމަށް ޝައުޤުވެރިވާ ބޭފުޅުން ހޯދަން ބޭނުންވެއްޖެ

އިޢުލާން

ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިޔުޓާއި ކޮޅުމަޑުލު އަތޮޅުކައުންސިލް ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާ ސެޓްފިކެޓް 3 އިން އޮފީސް އެޑްމިނިސްޓްރޭޝަން ކޯހުގައި ކިޔަވައިދެއްވުމަށް ޝައުޤުވެރިވާ ބޭފުޅުން ހޯދަން ބޭނުންވެއްޖެއެވެ.

ކިޔަވައިދިނުމަށް ހަމަޖެހިފައިވާ މޮޑިއުލްތައް:

No.

Module name

1

Introduction, Fundamentals of Administration and general office procedures.

2

English language proficiency

3

Office Dhivehi

4

Computer Proficiency

5

Customer service, Communication and Telephone skills

6

Individual excellence: Secrets of Career success

- Stress management

- Conflict resolution

- Time management skills

- Team building

 

ޓްރެއިނަރުން ކަނޑައެޅުމުގައި ބަލާނެ ކަންތައްތައް:

  • ތަޢުލީމް
  • ކިޔަވައިދިނުމުގެ ތަޖުރިބާ
  • މަސައްކަތު ތަޖުރިބާ

ސެޓްފިކެޓް 3 އިން އޮފީސް އެޑްމިނިސްޓްރޭޝަން ކޯހުގައި ކިޔަވައި ދިނުމަށް ހަމަޖެހިފައިވަނީ ކަނޑައެޅޭ ހަފުތާތަކެއްގެ ބުރާސްފަތި، ހުކުރު، ހޮނިހިރު ދުވަހުއެވެ. ނަމަވެސް ކޯހުގެ ބައިވެރިން ލިބޭގޮތަކުން މިނޫން ދުވަސްތަކެއްގައި ކިޔަވައިދޭގޮތަށް ހަމަޖައްސަން ޖެހިދާނެ ވާހަކަވެސް ދެންނެވީމެވެ.

ކޯހުގައި ކިޔަވައިދެއްވުމުގެ އުޖޫރައެއްގެ ގޮތުގައި ގަޑިއަކަށް ދެވޭނީ -/150 ރުފިޔާއެވެ.

މި ކޯހަށް ކިޔަވައިދިނުމަށް މީހުން ހޮވާނީ ސިވިލް ސަރވިސް ޓްރެއިނިންގ އިސްޓިޓިއުޓުން ކަމުގައި ދެންނެވީމެވެ.

ވީމާ މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 18 ފެބުރުއަރީ 2016 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މިކަމަށް އެދި ކިޔަވައިދިނުމަށް ޝައުޤުވެރިވާ ދާއިރާ ބަޔާންކޮށް ސިޓީއާއި ވަނަވަރު، އައި.ޑީ.ކާޑުގެ ކޮޕީ އަދި ތަޢުލީމީ ސެޓްފިކެޓުތަކުގެ އެކްރެޑިޓްކޮށް، އެޓެސްޓްކޮށްފައިވާ ކޮޕީ މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މެއިލް ނުވަތަ ފެކްސް މެދުވެރިކޮށްވެސް ހުށަހެޅުއްވިދާނެ ވާހަކަ ދެންނެވީމެވެ. މެއިލް އެޑްރެހަކީ [email protected]، ފެކްސް ނަންބަރަކީ 6780042 އެވެ.  މިކަމާބެހޭ ގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 9969609 ނަންބަރަށެވެ.

23 ރަބީޢުލްއާޚިރު 1437  

02 ފެބުރުވަރީ 2016
ހޯދާ