ދިވެހިރާއްޖެ
އިޢުލާން
ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިޔުޓާއި ކޮޅުމަޑުލު އަތޮޅުކައުންސިލް ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާ ސެޓްފިކެޓް 3 އިން އޮފީސް އެޑްމިނިސްޓްރޭޝަން ކޯހުގައި ކިޔަވައިދެއްވުމަށް ޝައުޤުވެރިވާ ބޭފުޅުން ހޯދަން ބޭނުންވެއްޖެއެވެ.
ކިޔަވައިދިނުމަށް ހަމަޖެހިފައިވާ މޮޑިއުލްތައް:
No. |
Module name |
1 |
Introduction, Fundamentals of Administration and general office procedures. |
2 |
English language proficiency |
3 |
Office Dhivehi |
4 |
Computer Proficiency |
5 |
Customer service, Communication and Telephone skills |
6 |
Individual excellence: Secrets of Career success - Stress management - Conflict resolution - Time management skills - Team building |
ޓްރެއިނަރުން ކަނޑައެޅުމުގައި ބަލާނެ ކަންތައްތައް:
- ތަޢުލީމް
- ކިޔަވައިދިނުމުގެ ތަޖުރިބާ
- މަސައްކަތު ތަޖުރިބާ
ސެޓްފިކެޓް 3 އިން އޮފީސް އެޑްމިނިސްޓްރޭޝަން ކޯހުގައި ކިޔަވައި ދިނުމަށް ހަމަޖެހިފައިވަނީ ކަނޑައެޅޭ ހަފުތާތަކެއްގެ ބުރާސްފަތި، ހުކުރު، ހޮނިހިރު ދުވަހުއެވެ. ނަމަވެސް ކޯހުގެ ބައިވެރިން ލިބޭގޮތަކުން މިނޫން ދުވަސްތަކެއްގައި ކިޔަވައިދޭގޮތަށް ހަމަޖައްސަން ޖެހިދާނެ ވާހަކަވެސް ދެންނެވީމެވެ.
ކޯހުގައި ކިޔަވައިދެއްވުމުގެ އުޖޫރައެއްގެ ގޮތުގައި ގަޑިއަކަށް ދެވޭނީ -/150 ރުފިޔާއެވެ.
މި ކޯހަށް ކިޔަވައިދިނުމަށް މީހުން ހޮވާނީ ސިވިލް ސަރވިސް ޓްރެއިނިންގ އިސްޓިޓިއުޓުން ކަމުގައި ދެންނެވީމެވެ.
ވީމާ މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 18 ފެބުރުއަރީ 2016 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މިކަމަށް އެދި ކިޔަވައިދިނުމަށް ޝައުޤުވެރިވާ ދާއިރާ ބަޔާންކޮށް ސިޓީއާއި ވަނަވަރު، އައި.ޑީ.ކާޑުގެ ކޮޕީ އަދި ތަޢުލީމީ ސެޓްފިކެޓުތަކުގެ އެކްރެޑިޓްކޮށް، އެޓެސްޓްކޮށްފައިވާ ކޮޕީ މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މެއިލް ނުވަތަ ފެކްސް މެދުވެރިކޮށްވެސް ހުށަހެޅުއްވިދާނެ ވާހަކަ ދެންނެވީމެވެ. މެއިލް އެޑްރެހަކީ [email protected]، ފެކްސް ނަންބަރަކީ 6780042 އެވެ. މިކަމާބެހޭ ގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 9969609 ނަންބަރަށެވެ.
23 ރަބީޢުލްއާޚިރު 1437