ދިވެހިރާއްޖެ
FSM-ADV/2026/166
މުވައްޒަފުންބޭނުންވެއްޖެ
ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.
|
މަޤާމް: |
ސޭލްސް އެސިސްޓަންޓް |
|
ޑިޕާޓްމަންޓް/ސެކްސަން: |
ސޭލްސް އެންޑް މާކެޓިންގ |
|
ބޭނުންވާ އަދަދު: |
06 |
|
މަސައްކަތުގެ ބާވަތް: |
- އީޒީފިލް ޝެޑްގައި ތެލުގެ ޚިދުމަތް ފޯރުކޮށްދިނުމާއި، ކަސްޓަމަރުންނަށް ތެޔޮ އަޅައިދިނުމުގައި އެހީތެރިވެދިނުން. - ފައިސާ ބަލައިގަތުމާއި، ދޫކުރުމާއި އަދި ދުވަހުން ދުވަހަށް ފައިސާގެ ހިސާބު ދިމާކުރުރުގެ މަސައްކަތްތައް ކުރުން. - އިދާރީ މަސައްކަތެއް ކުރަންޖެހޭ ޙާލަތެއް މެދުވެރިވެއްޖެ ނަމަ އެ ހަވާލުކުރެވޭ މަސައްކަތެއް ކުރުން. |
|
ޝަރުތުތައް: |
- ގްރޭޑް 8 ފުރިހަމަކޮށްފައިވުން - ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ މީހެއްކަމުގައި ވުން - ފުރިހަމަ ސިއްޙަތެއްގައި ހުރި މީހެއް ކަމުގައިވުން |
|
މަސައްކަތަށް ނިކުންނަން ޖެހޭ ތަން: |
އެފް.އެސް.އެމް އީޒީފިލް ކ.މާލެ އަދި ހުޅުމާލެ ޝެޑް |
ވީމާ، މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން 08 އޮގަސްޓް 2026 ވާ ހުކުރު ދުވަހުގެ މެންދުރު 14:00 ގެ ކުރިން ވަޒީފާއަށް އެދޭފޯމު ފުރިހަމަކުރުމަށްފަހު، ތަޢުލީމީ ސެޓިފިކެޓް ތަކުގެ ކޮޕީ، ސީވީ، އައި.ޑީ.ކާޑު އަދި ހުށަހަޅާ ދުވަހުން ފެށިގެން އެއް މަސް ދުވަސް ހަމަނުވާ ޕޮލިސް ރިޕޯޓް މި ކުންފުނީގެ ވަޒީފާގެ ޕޯރޓަލް، https://www.fsm.mv/careers އިން އެޕްލައި ކުރެއްވުން އެދެމެވެ.
އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް 3032510 ނަންބަރަށް ގުޅުއްވުން އެދެމެވެ.
03 އޮގަސްޓް 2026
