ވަޒީފާގެ ފުރުޞަތު
ނަންބަރު: FSM-ADV/2026/166
ޕަބްލިޝްކުރި ތާރީޚް: 03 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 15:12
ސުންގަޑި: 08 އޮގަސްޓް 2026 14:00
ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
މުވައްޒަފުންބޭނުންވެއްޖެ

 

 

FSM-ADV/2026/166

 

 

 

 

މުވައްޒަފުންބޭނުންވެއްޖެ

 

ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.

 

 

 

މަޤާމް:

ސޭލްސް އެސިސްޓަންޓް

ޑިޕާޓްމަންޓް/ސެކްސަން:

ސޭލްސް އެންޑް މާކެޓިންގ

ބޭނުންވާ އަދަދު:

06

މަސައްކަތުގެ ބާވަތް:

-          އީޒީފިލް ޝެޑްގައި ތެލުގެ ޚިދުމަތް ފޯރުކޮށްދިނުމާއި، ކަސްޓަމަރުންނަށް  ތެޔޮ އަޅައިދިނުމުގައި  އެހީތެރިވެދިނުން.

-          ފައިސާ ބަލައިގަތުމާއި، ދޫކުރުމާއި އަދި ދުވަހުން ދުވަހަށް  ފައިސާގެ ހިސާބު ދިމާކުރުރުގެ މަސައްކަތްތައް ކުރުން.

-          އިދާރީ މަސައްކަތެއް ކުރަންޖެހޭ ޙާލަތެއް މެދުވެރިވެއްޖެ ނަމަ އެ ހަވާލުކުރެވޭ މަސައްކަތެއް ކުރުން.

ޝަރުތުތައް:

-          ގްރޭޑް 8 ފުރިހަމަކޮށްފައިވުން

-          ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ މީހެއްކަމުގައި ވުން

-          ފުރިހަމަ ސިއްޙަތެއްގައި ހުރި މީހެއް ކަމުގައިވުން

މަސައްކަތަށް ނިކުންނަން ޖެހޭ ތަން:

އެފް.އެސް.އެމް އީޒީފިލް ކ.މާލެ އަދި ހުޅުމާލެ ޝެޑް

 

 

 

ވީމާ، މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން 08 އޮގަސްޓް 2026 ވާ ހުކުރު ދުވަހުގެ މެންދުރު 14:00 ގެ ކުރިން ވަޒީފާއަށް އެދޭފޯމު ފުރިހަމަކުރުމަށްފަހު، ތަޢުލީމީ ސެޓިފިކެޓް ތަކުގެ ކޮޕީ، ސީވީ، އައި.ޑީ.ކާޑު އަދި ހުށަހަޅާ ދުވަހުން ފެށިގެން އެއް މަސް ދުވަސް ހަމަނުވާ ޕޮލިސް ރިޕޯޓް މި ކުންފުނީގެ ވަޒީފާގެ ޕޯރޓަލް، https://www.fsm.mv/careers އިން އެޕްލައި ކުރެއްވުން އެދެމެވެ.

 

 

އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް 3032510 ނަންބަރަށް ގުޅުއްވުން އެދެމެވެ.

 

03 އޮގަސްޓް 2026

03 އޮގަސްޓް 2026