މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވިޒިޓަރ ސެންޓަރު ސަރަޙައްދު އަދި އިންޖީނުގެ އުތުރުގައި އޮންނަ ކުރީގެ ގަބުރުސްތާނަށް ކުނިއަޅާ މައްސަލައާއި ގުޅޭ.

ވިޒިޓަރ ސެންޓަރުގެ އަލަށް ސާފުކޮށްފައިވާ ސަރަހައްދާއި ، އިންޖީނުގޭގެ އުތުރުގައި އޮންނަ ކުރީގެ ޤަބުރުސްތާނަކީ ސާފުކޮށް މިހާރު ބަލަހައްޓަމުން ދާ ދެތަނެވެ.  އެހެންނަމަވެސް މިހާރަކަށް އައިސް އެސަރަހައްދުތަކަށް ފަންކިރިއްސާފައި ފަންތޮށި ބުޑު އަޅާކަމުގެ ޝަކުވާ ކައުންސިލަށް ވަނީ ލިބިފައެވެ.

                      ވީމާ ، މި ސަރަޙައްދު ތަކަށާއި ރަށުގެ ކުނި އުކާލުން މަނާ އެއްވެސް ސަރަޙައްދަކަށް ކުނި ނޭޅުމަށް ރައްޔިތުންނަށް ނަސޭހަތްތެރިވަމެވެ.

                      ވީމާ، މިކަން  އާއްމުކޮށް އެންގުމަށްޓަކައި  އިޢުލާން ކުރީމެވެ.

02 އޮގަސްޓް 2026
ހޯދާ