ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)301-PJ/301/2026/52
ޕަބްލިޝްކުރި ތާރީޚް: 02 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 13:46
މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ވިޒިޓަރ ސެންޓަރު ސަރަޙައްދު އަދި އިންޖީނުގެ އުތުރުގައި އޮންނަ ކުރީގެ ގަބުރުސްތާނަށް ކުނިއަޅާ މައްސަލައާއި ގުޅޭ.
ވިޒިޓަރ ސެންޓަރުގެ އަލަށް ސާފުކޮށްފައިވާ ސަރަހައްދާއި ، އިންޖީނުގޭގެ އުތުރުގައި އޮންނަ ކުރީގެ ޤަބުރުސްތާނަކީ ސާފުކޮށް މިހާރު ބަލަހައްޓަމުން ދާ ދެތަނެވެ. އެހެންނަމަވެސް މިހާރަކަށް އައިސް އެސަރަހައްދުތަކަށް ފަންކިރިއްސާފައި ފަންތޮށި ބުޑު އަޅާކަމުގެ ޝަކުވާ ކައުންސިލަށް ވަނީ ލިބިފައެވެ.
ވީމާ ، މި ސަރަޙައްދު ތަކަށާއި ރަށުގެ ކުނި އުކާލުން މަނާ އެއްވެސް ސަރަޙައްދަކަށް ކުނި ނޭޅުމަށް ރައްޔިތުންނަށް ނަސޭހަތްތެރިވަމެވެ.
ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
02 އޮގަސްޓް 2026