ދިވެހިރާއްޖެ
އިޢުލާން
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / ގދ.ތިނަދޫ ކެމްޕަހުގައި ހަދާ އިމާރާތެއްގެ ބައެއްގައި ހުޅުވައިލެއްޕޭ ފަށްފަށްޖެހޭ ބިތްގަނޑެއް ހަދައިދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު MNU-CA-PR/2016/13 (21 ޖަނަވަރީ 2016) އިޢުލާނަށް އެކަށީގެންވާ އިޖާބައެއް ލިބިފައިނުވާތީ އެ މަސައްކަތް ކޮށްދޭނެ ފަރާތެއް އަލުން ހޯދުމަށް ބޭނުންވެއްޖެއެވެ.
ވީމާ، މިކަމަށް އެދިލައްވާ ފަރާތްތަކުން 2016 ފެބުރުވަރީ 15 ވާ ހޯމަ ދުވަހުގެ 10:00 އަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒަށް ނުވަތަ ގދ.ތިނަދޫ ކެމްޕަސްއަށް ހާޒިރުވެ މައުލޫމާތު ސާފުކުރުން އެދެމެވެ. އަދި ދަންނަވަމެވެ. މަޢުލޫމާތު ކަރުދާސް ކަނޑައެޅިފައިވާ ގަޑީގެ އިތުރުން އަންދާސީހިސާބު ބަލައިގަންނަ ދުވަހުގެ ކުރީ ދުވަހުގެ 15:00 ވަންދެން ދޫކުރެވޭނެއެވެ. ނަމަވެސް، އަންދާސީހިސާބު ބަލައިގަންނާނީ އިޢުލާނުގައި ކަނޑައެޅިފައިވާ ގަޑީގައި އެކަންޏެވެ. އަންދާސީހިސާބު ބަލައިގަތުން އޮންނާނީ 18 ފެބުރުވަރީ 2016 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގައާއި ގދ. ތިނަދޫ ކެމްޕަސްގައެވެ.
28 ރަބީޢުލްއާޚިރު 1437