މަސައްކަތް
ނަންބަރު: MNU-CA-PR/2016/41
ޕަބްލިޝްކުރި ތާރީޚް: 07 ފެބުރުވަރީ 2016
ޕަބްލިޝްކުރި ގަޑި: 08:45
ސުންގަޑި: 18 ފެބުރުވަރީ 2016 10:00
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ޕާޓިޝަން ޖެހުން

އިޢުލާން

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / ގދ.ތިނަދޫ ކެމްޕަހުގައި ހަދާ އިމާރާތެއްގެ ބައެއްގައި ހުޅުވައިލެއްޕޭ ފަށްފަށްޖެހޭ ބިތްގަނޑެއް ހަދައިދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު MNU-CA-PR/2016/13 (21 ޖަނަވަރީ 2016) އިޢުލާނަށް އެކަށީގެންވާ އިޖާބައެއް ލިބިފައިނުވާތީ އެ މަސައްކަތް ކޮށްދޭނެ ފަރާތެއް އަލުން ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް އެދިލައްވާ ފަރާތްތަކުން 2016 ފެބުރުވަރީ 15 ވާ ހޯމަ ދުވަހުގެ 10:00 އަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒަށް ނުވަތަ ގދ.ތިނަދޫ ކެމްޕަސްއަށް ހާޒިރުވެ މައުލޫމާތު ސާފުކުރުން އެދެމެވެ. އަދި ދަންނަވަމެވެ. މަޢުލޫމާތު ކަރުދާސް ކަނޑައެޅިފައިވާ ގަޑީގެ އިތުރުން އަންދާސީހިސާބު ބަލައިގަންނަ ދުވަހުގެ ކުރީ ދުވަހުގެ 15:00 ވަންދެން ދޫކުރެވޭނެއެވެ. ނަމަވެސް، އަންދާސީހިސާބު ބަލައިގަންނާނީ އިޢުލާނުގައި ކަނޑައެޅިފައިވާ ގަޑީގައި އެކަންޏެވެ. އަންދާސީހިސާބު ބަލައިގަތުން އޮންނާނީ 18 ފެބުރުވަރީ 2016 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގައާއި ގދ. ތިނަދޫ ކެމްޕަސްގައެވެ.

28 ރަބީޢުލްއާޚިރު 1437

07 ފެބުރުވަރީ 2016